ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި އިނގިރޭސިވިލާތާއި، ދެކުނު އެމެރިކާގެ އުރުގުއޭ ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ.
މިމެޗް ކުޅެފައިވަނީ އިނގިރޭސިވިލާތުގެ ފަހުރެއްގެ ގޮތުގައި ބަލަމުން އަންނަ ވެމްބްލީ ސްޓޭޑިއަމްގައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި އިނގިރޭސިން ވަނީ މޮޅު ކުޅުމެއް ދައްކައި އުރުގުއޭގެ ޑިފެންސް ލައިނަށް ބާރުބޮޑުކޮށްފައެވެ. މީގެ ތެރެއިން ގޯލަށް އަމާޡުކުރި ގިނަ ހަމަލާތައް ދިފާއުކޮށްފައިވަނީ ކީޕަރެވެ. މެޗްގައި ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ޖަހާފައިވަނީ ފަހު ހާފްގައެވެ.
މެޗްގައި އިނގިރޭސިވިލާތުން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބެން ވައިޓެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ 80 ވަނަ މިނެޓް ތެރޭގައެވެ. މިއީ އެންމެ ފަހުގެ ވަރލްޑްކަޕްގައި ޓީމް ދޫކޮށް ދިއުމަށްފަހު، އޭނާ އިނގިރޭސި ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. ވައިޓްގެ މި ލަނޑު އޮފްސައިޑްކަމަށް ބުނެ އުރުގުއޭގެ ކުޅުންތެރިން ވަނީ ރެފްރީ ގާތު ޝަކުވާކޮށްފައެވެ. ނަމަވެސް ވިއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ރަނގަޅު ލަނޑެއްގެ ގޮތުގައެވެ.
މެޗްގައި އުރުގުއޭއިން ލަނޑު ޖަހާފައިވަނީ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި ރެއާލް މެޑްރިޑްގެ ފެޑެރިކޯ ވަލްވަރޑޭ އެވެ.
މެޗްގައި އިނގިރޭސި ސަޕޯޓަރުން ވަނީ ވައިޓާ ދިމާކޮށްފައެވެ. އެގޮތުން އޭނާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އެރި ވަގުތާއި، އޭނާގެ ފުރަތަމަ ބައިނަލްއަގުވާމީ ލަނޑު ޖެހުމަށްފަހު ނަން އިޢުލާންކުރި ވަގުތުވެސް ބައެއް ސަޕޯޓަރުން ވަނީ އޭނާއާ ދިމާލަށް އަޑުގަދަކޮށް ނުރުހުން ފާޅުކޮށްފައެވެ.
މިކަމާ ގުޅިގެން އިނގިރޭސި ކޯޗް ތޯމަސް ޓުޗެލް ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކާފައެވެ. ޓުޗެލް ބުނީ، ވައިޓަށް ނިސްބަތްކޮށް ބައެއް މީހުން މަލާމާތްކޮށް އަޑުގަދަކުރި ވާހަކަ އަޑުއިވުނުކަމަށެވެ. އަޑުއިވުނު ކަމަށެވެ. ކޯޗް ބުނީ، ބައެއް ސަޕޯޓަރުން ނުރުހުން ފާޅުކޮށް، ތަފާތު ގޮތްގޮތަށް މަރުހަބާ ކިޔުމުން މާޔޫސްވި ކަމަށާއި އެއީ އެކަން ވާންޖެހޭނެ ގޮތް ނޫންކަމަށެވެ. ޓްޗެލް ބުނީ ވައިޓް ޓްރޭނިން ކޭމްޕުގައި ދެއްކި ހުނަރު ވަރަށް ފުރިހަމަ، ކަމަށާއި، އޭނާއަކީ ކުޅެން އަރަން ހައްގު ކުޅުންތެރިއެއްކަމަށެވެ.
މެޗްގައި އުރުގުއޭއަށް ލިބުނު ޕެނަލްޓީއަކީ ވައިޓް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
އިނގިރޭސިވިލާތާ އުރުގުއޭގެ ކުރިމަތިލުން އެއްވަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ