ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އައްޑުއަށް ނިސްބަވްވެވަޑައިގަންނަވާ އަހްމަދު ސޯލިހް އަލިދީދީ، އުމުރުން 92 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވި އަހްމަދު ސޯލިހް އަލިދީދީ އަވަހާރަވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ތަފްސީލު - އަހްމަދު ސޯލިހް އަލިދީދީގެ ކަށުނަމާދު އޮތީ މިރޭ އިޝާ ނަމާދަށް ފަހު، ހިތަދޫ މަސްޖިދުއްތަގުވާގަ އެވެ. މައްޔިތާއަށް ޒިޔާރަތް ކުރުން އޮތީ މިއަދު މެންދުރުފަހު 2 އިން އިރުއޮއްސި 6:30ގަ އެވެ.
ދައުލަތަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި
ހިތަދޫ ކަތީބުކަމާއި އައްޑު އަތޮޅުގެ އަތޮޅުވެރިޔާގެ މަގާމު ފުުރުއްވި
އޭގެ އިތުރުން، އައްޑު އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި
ގުޅުން ހުރި - އަހްމަދު ސޯލިހް އަލިދީދީ އަވަހާރަވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހިތާމަ ފާޅުކުރައްވައި އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.
"ދިވެހި ދައުލަތަށް އަދި ހާއްސަކޮށް އައްޑޫގެ ކުރިއެރުމަށާއި ތަރައްގީއަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވި އަހްމަދު ސޯލިހް އަލިދީދީ އަވަހާރަވުމުގެ ހިތާމައިގައި، އައްޑޫގެ ލޮބުވެތި ރައްޔިތުންނަށާއި އެ އާއިލާއަށް ނުހަނު އިހުލާސްތެރިކަމާ އެކު ތައުޒިޔާ ދަންނަވަން،" ރައީސްގެ ޕޯސްޓުގައި އެ މަނިކުފާނު ލިޔުއްވާފައިވެ އެވެ.
ރައީސް މުއިއްޒުގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ތައުޒިޔާގެ މެސެޖެއް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރައްވާފަ އެވެ. އަހްމަދު ސޯލިހް އަލިދީދީއާ އެކު ނަންގަވާފައިވާ ފޮޓޯއަކާ އެކު ނަޝީދު ކުރެއްވި ޕޯސްޓުގައި ސިފަ ކުރެއްވި ގޮތުގައި، އޭނާއަކީ "އިސްލާހީ ހަރަކާތުގައި އިސް ބައިވެރިއެ"ކެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އައްޑޫ އަހްމަދު ސޯލިހް އަލިދީދީ އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ