ގދ. މަޑަވެލީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މަޑަވެލީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފްއެވެ. މި ރަސްމިއްޔާތުގައި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.
މި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ އިސް ބޭފުޅުންނާއި ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީގެ އިސްވެރިންވެސް ބައިވެރުވެ ވަޑައިގަތެވެ.
މި މަޝްރޫޢުގެ ދަށުން މަޑަވެލީގެ ބިންހިއްކުމުގެ އިތުރުން، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މިއީ އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެށުނު މަސައްކަތެކެވެ.
ގދ. މަޑަވެލީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ