އިންޑިއާގެ ޗަންދީގަރުގައި ކުރިއަށްދާ ފުރަތަމަ އިންވިޓޭޝަނަލް ރިލޭ މުބާރާތުގައި ރާއްޖޭގެ ހަތަރެއް ގުނަ 400 މީޓަރު މިކްސް ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.
ހަތަރެއް ގުނަ 100 މީޓަރު ރޭހުގައި ދުވާ ފިރިހެން ޓީމުގައި ހިމެނެނީ، ހަސަން ސާއިދު، ނުޖޫމް ހަސަން، އަހުނަފް ރައްޔާން ފަހުމީ އަދި ސިޒާން އަލީ ރިޒާ އެވެ. ހަތަރެއް ގުނަ 100 މީޓަރުގެ އަންހެން ޓީމުގައި ހިމެނެނީ، އައިޝަތު ޝަބާ ސަލީމް، އަހުނާ ނިޒާރު، މަރިޔަމް މައިހާ ހަމްދާން އަދި ޒިވާ މޫސާ ޝަފީއު އެވެ.
އެ ގޮތުން، ހަތަރެއް ގުނަ 100 މީޓަރު މިކްސް ރިލޭ ޓީމުގައި ހިމެނެނީ، ސާއިދު، އަހުނަފް، ޒިވާ އަދި އަހްނާ އެވެ. ތިން ވަނައިގައި ނިންމިއިރު، ޓައިމިން އަކީ، 44.53 ސިކުންތެވެ. ދެ ވަނަ އަށް ދިޔަ، އިންޑިއާގެ އޭ ޓީމުން އިވެންޓް ނިންމީ، 42.34 ސިކުންތުންނެވެ. އަދި، އެއް ވަނަ ހޯދި އިންޑިއާގެ ބީ ޓީމުން އިވެންޓް ނިންމީ 42.30 ސިކުންތުންނެވެ.
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ހަތަރެއް ގުނަ 400 މީޓަރު އިވެންޓުގެ ފިރިހެން ޓީމުގައި ހިމެނެނީ، އާދަމް ރިއްފަތު، ހުސެއިން ޒީކް ސުއާދު، ޒުއިޒު މުހައްމަދު ސުއާދު އަދި އަހުމަދު އަބްސަލް މުހައްމަދު ޖަލީލް އެވެ. އަދި، މި އިވެންޓުގެ އަންހެން ޓީމުގައި ހިމެނެނީ، އައިޝަތު ނައަދު އައްސަދު ވަޖުދީ، އައިމިނަތު ލަޔާނާ މުހައްމަދު، ހައްވާ މުޒްނާ ފާއިޒު އަދި ޒީކް އަޝްރަފް ރަޝީދު އެވެ.
މި މުބާރާތަށް ޓީމު ކަނޑައެޅުމުގައި ބަލާފައިވަނީ، ދާދި ފަހުން ނިމިގެންދިޔަ، މި އަހަރުގެ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ނަތީޖާ ތަކަށް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
އިންޑިއާގެ އިންވިޓޭޝަނަލް ރިލޭ މުބާރާތުން ރާއްޖެ އަށް ލޯ މެޑަލެއް އިންޑިއާގެ އިންވިޓޭޝަނަލް ރިލޭ މުބާރާތުން ރާއްޖެ އަށް ލޯ މެޑަލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ