އުރީދޫ ކަރާ ފެޅުން ގޭމް އުރީދޫ ސުޕައެޕް މެދުވެރިކޮށް ކުޅެވޭ ގޮތް ހަދައިފި އެވެ.
ވީ ކިހިނެއް؟ - މި ގޭމް ފަރުމާކޮށްފައި ވަނީ ރަހުމަތްތެރިކަމާއި ވާދަވެރިކަމާއި ޓީމް ވޯކް އަދި ހިތްގައިމު އިނާމުތައް އެކުލެވިގެންވާ ގޮތަށެވެ. ކަސްޓަމަރުން އުރީދޫ ސުޕައެޕްގެ ހޯމް ސްކްރީނުން ފެންނަ ކަރާ ގޭމް ބެނާއަށް ފިއްތާލައި ކޮންމެސް އެއް ޓީމަކަށް ދަވެ (ރަތް ލަޝްކަރު ނުވަތަ ނޫ ލަޝްކަރު) ހޮވައި ކަރާ ފަޅަން ފެށޭނެ އެވެ.
ތަފްސީލް - ކޮންމެ ދުވަހެއްގެ ކަރާ ފެޅުމުން އެ ކަރާ ފެޅުމުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށް ހަދިޔާ ލިބޭނެ އެވެ. މީގެ ތެރޭގައި:
އެކި ކަހަލަ ޑޭޓާ ޕެކުތައް ހިމެނޭ
މީގެ އިތުރުން ކޮންމެ ދުވަހަކު ކަރާ ފެޅުމުގައި މޮޅުވާ ލަޝްކަރުގެ އެއް ނަސީބުވެރި ކުޅުންތެރިއަކަށް ހާއްސަ އިނާމެއް ލިބޭނެ؛ މީގެ ތެރޭގައި ފައިސާގެ އިނާމު، ޓީވީ، ކެމެރާ، ޕީއެސް 5 އަދި ހިފާ ގެންގުޅޭ ސާމާނު ހިމެނޭ
ރޯދަމަސް ނިމުމުން، މުޅި ގޭމުން މޮޅުވާ ޓީމުގެ ނަސީބުވެރި އެއް ކުޅުންތެރިއަކަށް ޑްރޯން، ޕޮކެޓް އޮސްމޯ، އައިޕޯނު، ފޯނު، މެކްބުކް އަދި އެންމެ މަތީ ފަންތީގެ ޓެކް އެސެންޝަލް ތަކެތި ހިމެނޭ ގޮތަށް 100،000ރ.ގެ އަގުހުރި އިނާމު ބަންޑްލްއެއް ލިބޭނެ
ކަރާ ފެޅުން ގޭމަކީ ރޯދަމަސް ފަދަ ހާއްސަ މުނާސަބަތުތަކުގައި މުޖުތަމައު އެއްބައިވަންތަކަން ގެނެސްދޭ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތެވެ.
އުރީދޫ އެޕުން މިހާރު ކަރާ ފެޅޭނެ؛ މިފަހަރު ރަތް ނުވަތަ ނޫ ލަޝްކަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ