ސަރުކާރުގެ ރޯދަ ހަދިޔާ ބަހަން ފަށައިފި، މަސްދަޅު ކޭސް ނަގަން ވަރަށް ފަސޭހަ

ރަމަޟާންމަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅުކޭސް ދޫކުރަން ފަށައިފި އެވެ.
ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ހަދިޔާކުރުމުގެ މަސައްކަތް ސަރުކާރުން މިރޭ ވަނީ ފަށާފައެވެ. މިރޭގެ 20:00 ޖެހުމާ ހަމަޔަށް ފަސްހާހާ ގާތްކުރާ ގޭބިސީން މަސްދަޅު ހޯދުމަށް ނަމްބަރު ނަގާފައިވާއިރު، މަސްދަޅު ކޭސް ދަނީ ދޫކުރަމުންނެވެ. 
މިފަހަރު ގްރޭޓާ މާލެ ސަރަހައްދުގެ 15 ތަނަކުން މަސްދަޅު ދޫކުރުމަށް ވަނީ ނިންމާފައެވެ. އެއީ މާލޭގެ 8 ސަރަހައްދަކާއި ހުޅުމާލެ 6 ސަރަހައްދެއްގެ އިތުރުން ވިލިމާލޭގެ 1 ސަރައްދުންނެވެ. 
ލޭގައި މަސްދަޅުތައް ދޫކުރާނީ މިފްކޯ މަރުކަޒުންނާއި، ސޯޝަލް ސެންޓަރުންނާއި، އެމްޓީސީސީ ސޯ މިލް އިންނާއި، ހެންވޭރު ބޯޅަ ދަނޑު އަދި ގަލޮޅު ބޯޅަދަނޑުގެ 4 ސަރަހައްދަކުންނެވެ. 
ހުޅުމާލޭގައި މަސްދަޅުތައް ދޫކުރާނީ އުމަރު ޒާހިރު ބިލްޑިން އިންނާއި، ޕޮލްކޯ ޓަވަރުގެ ތިރިބައިންނާއި، މުޙައްމަދު ގާސިމް ޕްރީ ސްކޫލް އިންނާއި، ކާމިލް ދީދީ ސްކޫލާއި، ހިޔާ ޓަވަރު 10 އަދި ވިނަރެސް ފްލެޓުންނެވެ. 
ވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ ވެމްކޯ ސައިޓުގައެވެ
މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. މި މަސައްކަތް ކުރިއަށް ދާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ