ރައީސްގެ އިލްތިމާސް: އިންތިހާބުގެ ތެރޭގައި 'ޖަގަޑާ ނުހަދާތި'

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ތެރޭގައި، 'ސިޔާސީ ސަކަރާތާއި ޖަގަޑާ' ހެދުމުގެ ފުރުސަތު ނުދިނުމަށް، ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- ޕީއެންސީއިން މިއަދު ހަވީރު ކެމްޕޭނު ހަރަކާތެއްގެ ގޮތުގައި ބޭއްވި ސައެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުރިއަށް އޮތް އިންތިހާބާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ. އޭގެ ތެރެއިން ވެސް އެމަނިކުފާނު އެންމެ ބޮޑު އެއްކަމެއްގެ ގޮތުގައި އެދިވަޑައިގަތީ، އިންތިހާބުގެ ތެރޭގައި އެކި ގޮތްގޮތުން ރައްޔިތުންނާއި ސަރުކާރަށް ހުރަސްތައް ކުރިމަތިވާނެ ފުރުސަތު ނުދިނުމަށެވެ.
ޕީއެންސީގެ އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރާ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ:
މިއީ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ އަޑުއަހާ ސަރުކާރެއް ކަމަށް
ސަރުކާރުން މަސައްކަތް ކުރަނީ ވެސް ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމަށް ކަމަށް 
އެހެންވެ ރައްޔިތުންނާއި ސަރުކާރުގެ ދެމެދަށް 'އިދިކީލަ' ވިސްނުންތަކެއް ވަނަ ނުދިނުމަށް އެދިވަޑައިގެންނެވި
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެން ކަންކަން ބާރު ސްޕީޑެއްގައި މިހާރު ވެސް އެބަ ކުރިއަށް ދެ އެވެ. އެހެންވެ އިންތިހާބުގައި ކައުންސިލްތަކަށް ހޮވަންވީ ވެސް އެ މަސައްކަތްތަކަށް ބާރުއަޅައި، ހިތްވަރު ދޭނެ ބައެއް ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަންކަމަށް ހުރަސް އަޅައި، އެކި ކަހަލަ އުޒުރުތައް ދައްކައި، ހުރަސްތައް ކުރިމަތިކުރާ މީހުންނަކީ މުޖުތަމައަށް ހަމަޖެހުން ގެނެސްދޭނެ ބައެއް ނޫނެވެ.
"މިހާރު މިއޮތީ ރާއްޖޭގެ މުޖުތަމައުއަށް ހަމަޖެހުން ގެނެސްދެވިފައި. މިހާރު މިތަނަކު ސިޔާސީ ކުށްވެރިންނެއް ނުތިބޭނެ. ސިޔާސީ ގޮތުން މީހަކު ޖަލަކަށް ވެސް ނުލަން،" އެއްވެ އުޅުމުގެ ފުރުސަތު ކުރިއަށް ވުރެ މާ ބޮޑަށް ދީފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ