ޖަރުމަނުގެ އެއާލައިނެއް ކަމަށްވާ ކޮންޑޯ އިން އަހަރަކަށް ފަހު މި އަހަރުގެ ހޫނު މޫސުމުގައި ރާއްޖެއަށް ފްލައިޓުތައް ބާއްވަން ނިންމައިފި އެވެ.
ތަފްސީލް - ކޮންޑޯ އިން އިއްޔެ ޝާއިއުކުރި ތާވަލުގައިވާ ގޮތުން، އަންނަ މޭ މަހުން ފެށިގެން އޮކްޓޯބަރުގެ ނިޔަލަށް ފްރެންކްފާޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ފްލައިޓުތައް ބާއްވާނެ އެވެ.
އެ އެއާލައިނުގެ ފްލައިޓުތައް ރާއްޖެއަށް އޮންނާނީ ކޮންމެ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރެއްގަ އެވެ.
ކޮންޑޯ އިން އެންމެ ފަހުން ރާއްޖެއަށް އުދުހުނީ 2024ގެ ހޫނު މޫސުމުގަ އެވެ.
ޖަރުމަނަކީ މި އަހަރު ރާއްޖެއަށް ފަސް ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެގޮތުން، ޓޫރިޒަމް މިނިސްޓްރީން މި މަހުގެ 17ގައި އާންމުކޮށްފައިވާ އެންމެ ފަހުގފެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އެ ގައުމުން ރާއްޖެއަށް 35،811 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
އެނގުން މުހިންމު - މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ރޫޓުތަކުގައި ހިމެނޭ ފްލައިޓްތަކުގެ %30 ގެއްލުމުން އެކަން ފޫބެއްދުމަށް އިންޑިއާ، ޗައިނާ އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ދަތުރުކޮށްފައިވާ ރޫޓަށް ބަލާއިރު އެއިން %30-%35 ފަތުރުވެރިން އަންނަނީ މެދުއިރުމަތިން ނުވަތަ އެ ސަރަހައްދުގެ އެއާލައިންތަކުންނެވެ. އެގޮތުން ރާއްޖެ ޖައްސާ ގިނަ އެއާލައިންތަކުން ދަތުރުތައް ހުއްޓާލާފައިވާއިރު ކޮންމެ ދުވަހަކު ރާއްޖެއަށް ޝެޑިއުލްކޮށްފައިވާ އެތައް ފްލައިޓެއް ދަނީ ކެންސަލްވަމުންނެވެ.
ޖަރުމަނުގެ ކޮންޑޯއިން ރާއްޖެއަށް ފްލައިޓުތައް ބާއްވަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ