250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މިރޭ ބުނީ 250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
އަންނަ އަހަރު މި މަޝްރޫއު ފެށޭނެ ކަމަށާ މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ޖެނުއަރީ 2026އިން ފެށިގެން އެ މިނިސްޓްރީން ޢާއްމު ކުރަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.
ތެރަޕިސްޓުން ލިބުން ދަތިވުމާއި ތެރަޕީ ފަރުވާގެ އަގު ބޮޑުކަން ބެލެނިވެރީން ފާހަގަ ކުރެ އެވެ. މިއީ ދިވެހީން ތަމްރީންވެފައިވާ މިންވަރު ވަަރަށް ދަށް ދާއިރާ އެކެވެ. ރާއްޖޭގައި މި ދާއިރާގައި ގިނައީ ބިދޭސީންނެވެ.
250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ