ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ.
ކަސްޓަމްސްއިން އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއެވެ. މި ތަކެތީގެ މަގުމަތީގެ އަގު 32 މިލިއަން ރުފިޔާއަށްވުރެ މަތިވާނޭ ކަމަށް ބެލެވެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ މިތަކެތި ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރެއިން ކަމަށެވެ. މި ތަކެތި އެތެރެކުރަން މަސައްކަތްކޮސްފައިވަނީ، ޗޮކްލެޓް ސިރަޕް ފުޅިތަކަކަށް އަޅައިގެންނެވެ.
ފުލުހުން މިރޭ ބުނި ގޮތުގަައި މި މައްސަލައާ ގުޅިގެން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މައްސަލައާ ގުޅުންހުރި އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ އެވެ. އެ މީހާގެ އެއްވެސް މައުލޫމާތެއް ނުދެ އެވެ.
ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވާއިރު، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ވަރަށް ފުޅާދާއިރާއެއްގައި އޮޕަރޭޝަނެއް ހިންގަމުންނެވެ.
އޮޕަރޭޝަން އަލިމަގު ނަމުގައި ޑްރަގާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވަނީ ނޮވެމްބަރުމަހުގެ 13 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުން: މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ