މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ހިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން ކުރިއަށް އޮތް ދެ ދުވަހު ސަރުކާރު ބަންދުކުރުމަށް ދެންމެ ނިންމައިފި އެވެ.
ވީކިހިނެއް؟ - މާދަމާ އާއި ޖެހިގެން އަންނަ ހޯމަ ދުވަސް ވެސް ބަންދުކުރުމަށް ސަރުކާރުން ނިންމައި، ރައީސް އޮފީހުން ދެންނެވުމެއް ވަނީ ނެރެފަ އެވެ.
ތަފްސީލް - ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްސް އަބްދުﷲ ފަޔާޒު ސޮއިކުރައްވައި ނެރުއްވި އެ ދެންނެވުމުގައި ވަނީ:
މާދަމާ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ނިންމީ ވޯޓު ގުނުމާއި އިންތިހާބުގެ ގިނަ މަސައްކަތްތަކުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވެފައިވާތީ އެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން އެދިފައިވާތީ
އިންތިހާބަށް ފަހުގައި ވެސް އިންތިހަބާ ގުޅުން ހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ ހޯމަ ދުވަސް ވެސް ބަންދުކުރުމަށް ނިންމާފައިވޭ
މިއަދު ކުރިއަށްދާ ވޯޓުތަކުގެ ތެރޭގައި ހިމެނެނީ:
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) އިންތިހާބު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު
މިއަދު ހެނދުނު 8 ޖަހާއިރުން ފެށިގެން ހަވީރު 5 ޖަހަންދެން ކުރިއަށްދިޔަ މި ތިން ވޯޓުގައި ބައެއް ފޮށިތަކުގައި އަދިވެސް ވޯޓުލާން ހަދާފައިވާ ކިއޫގައި މީހުން އެބަ ތިއްބެވެ. އީސީން ދެންމެ ބުނި ގޮތުގައި 588 ފޮށީގެ ތެރެއިން މިހާތަނަށް ބަންދުކޮށްފައިވަނީ 512 ފޮއްޓެވެ.
މިއަދު ކުރިއަށްދާ ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެ އެވެ.
ކުރިއަށް އޮތް 2 ދުވަހަށް ސަރުކާރު ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ