އިއްޔެ ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީ ބޮޑުތަނުން ބަލިކޮށް މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ޚަދީޖާ މުޙައްމަދު (ހައްޖަ) ކާމިޔާބު ކުރައްވައިފިއެވެ.
މި އިންތިޚާބުގައި އެ ދާއިރާއަށް ހައްޖަގެ އިތުރުން 2 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، %55 އަށްވުރެ ބޮޑު އަޣުލަބިއްޔަތާއެކު ގޮނޑި ކާމިޔާބު ކުރީ ހައްޖައެވެ. އެއީ 702 ވޯޓެވެ. އޭނާއާ ޖެހިގެން ދެން އެންމެ ގިނަ ވޯޓު ލިބިލެއްވީ ޕީއެންސީގެ ކެންޑިޑޭޓް އާދަމް އަދީމް އަށެވެ. އޭނާއަށް 459 ވޯޓު ލިބިލެއްވިއިރު އެއީ ވޯޓުލީ މީހުންގެ %36 އެވެ.
މާލޭގެ މޭޔާރުގެ ގޮނޑިވެސް އެމްޑީޕީއަށް ލިބިފައިވާއިރު، މެންބަރުންގެ 17 ގޮނޑީގެ ތެރެއިން 16 ގޮނޑިވެސް ލިބުނީ އެމްޑީޕީ އަށެވެ. އެގޮތުން؛
1- ހުޅުމާލެ ދެކުނު - އަހުމަދު ގާލިބު
2-މާފަންނު ހުޅަނގު - މުހައްމަދު ރިލްވާން އަލީ
3-މާފަންނު މެދު - އައިޝަތު ހަނާ
4-މާފަންނު ދެކުނު - އިބްރާހީމް ލަބާން ޝަރީފު
5-ހެންވޭރު ހުޅަނގު - ފާތިމަތު ސަހުލާ
6-މައްޗަންގޯޅި މެދު - ހައްވާ ޝިފާނާ
7-ހުޅުމާލެ މެދު - ސަފާއަތު އަހުމަދު ޒާހިރު
8-ހުޅުމާލެ އުތުރު - ފާތިމަތު ޒަހިއްޔާ
9-މެދު ހެންވޭރު - މީކާއީލް މުހައްމަދު ރިޔާޒު
10-ހެންވޭރު ދެކުނު - އާއިޝަތު ނާޒިމާ
11-ހެންވޭރު އުތުރު - ފާތިމަތު ލައިޒާ
12-ގަލޮޅު އުތުރު - އާމިނަތު އިރާޝާ މުހައްމަދު
13-ގަލޮޅު ދެކުނު - އިސްމާއީލް ހަލީމް
14-މައްޗަންގޮޅި އުތުރު - ޚަދީޖާ މުހައްމަދު
15-މައްޗަންގޮޅި ދެކުނު - ފަރުހާން ޝަފީއު
16-މާފަންނު އުތުރު - ހުސައިން ފުރުޝާން
ވެރިރަށް މާލޭގެ ގޮނޑިތަކުގެ ތެރެއިން ޕީއެންސީއަށް ކާމިޔާބުވަނީ ވިލިމާލޭގެ ގޮނޑި އެކަންޏެވެ. މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން ވިލިމާލޭގެ ކައުންސިލް ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު އިބްރާހީމް ސަމާހެވެ.
ތަފާތު ބޮޑު ނަތީޖާއަކުން މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑި ހައްޖަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ