ދިރާގުގެ ފޯރިގަދަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާއިރު، މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބާކީ އޮތީ އެންމެ 7 ދުވަހެވެ.
ވީ ކިހިނެއް؟ - މިއީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ލިބޭ އެންމެ ފަހު ފުރުސަތެވެ.
މި ޕްރޮމޯޝަންގައި ކުރިން ބައިވެރިވެފައިވާ ކަސްޓަމަރުންނަށް ވެސް ދެވަނަ ބޯޓު ހާސިލުކުރުމުގެ ފުރުސަތު އެބައޮތެވެ. މި ކަސްޓަމަރުން އަލުން ބައިވެރިވާކަށް ނުޖެހޭނެ އެވެ.
ތަފްސީލް - ދިރާގުން މި ޕްރޮމޯޝަންގެ ދަށުން ދޭނީ:
އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ 2 ސްޕޯޓްސް ލޯންޗު
ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ހިމެނޭނެ
މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރި ފަރާތަށް ދިރާގުން ވަނީ ލޯންޗު ހަވާލުކޮށްފަ އެވެ.
ދެވަނަ ލޯންޗުގެ ނަސީބުވެރިޔާ އެނގޭނީ އަންނަ ޖޫންގަ އެވެ.
ދިރާގުން ކުރިއަށްގެންދާ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބަ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މީގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ:
ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450ރ. ނުވަތަ އެއަށް ވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން
ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށް ވުރެ މަތީ ޕްލޭންތަކަށް
އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450ރ. ނުވަތަ އެއަށް ވުރެ މަތިން ބިލު ދައްކާ ކަސްޓަމަރުންނަށް
ދިރާގު ލިމިޓެއްނެތް ފައިބަ 40އެމް ނުވަތަ އެއަށް ވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް
ދިރާގުން ދޭ 2 ވަނަ ލޯންޗު ހޯދަން ބައިވެރިވާން ބާކީ ހަފްތާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ