ހުޅުމާލޭގެ 901 އަކަފޫޓަށް ވުރެ ބޮޑެތި ގޯތިތައް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި
ހުޅުމާލޭގެ 901 އަކަފޫޓަށް ވުރެ ބޮޑެތި ގޯތިތައް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ހަދައި، ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވައިދު އިސްލާހުކޮށްފިއެވެ. މިހާތަނަށް ހުއްދަދީފައި ވަނީ ހުޅުމާލޭގައި މީހުން ދިރިއުޅުމަށް ޚާއްސަކޮށްފައިވާ، 'ރެޒިޑެންޝަލް ޕްލޮޓް'ތަކުގައި އެންމެ އުސްކޮށް ހަތް ބުރިއަށް އިމާރާތްކުރުމަށް އެކަންޏެވެ. އެކަމަކު، ޕްލޭނިން މިނިސްޓްރީން މިއަދު އާންމުކުރި ގަވައިދުގައި ވަނީ، ހުޅުމާލޭގެ ބޮޑެތި ބިންތައް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ގަވައިދު އިސްލާހުކޮށްފައެވެ. އެ ގަވައިދުގައި ވަނީ، 10 ބުރިއަށް ހަދާ އިމާރަތްތަކުގެ އެންމެ ތިރީ ފަންގިފިލާ ޚާއްސަކުރަން ޖެހެނީ، ޕާކިންއަށް ކަމަށެވެ. އަދި އެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ ބޭނުންކުރަން ޖެހެނީ، ދިރިއުޅުން ނޫން އެހެން ބޭނުމަކަށެވެ. ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއް: ހުޅުމާލޭގެ 901 އަކަފޫޓަށް ވުރެ ބޮޑެތި ގޯތިތައް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ވަނީ ހަދާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙު ގަވައިދުގައި ބުނާ ގޮތުން، ހުޅުމާލޭގެ ނެއިބަހުޑް ނުވައެއްގައި އިމާރާތްކުރެވެނީ، 18.5 މީޓަރާ ހަމައަށެވެ. މިގޮތުން، އެ ސަރަހައްދުގައި ހަދާ އިމާރާތްތަކުގެ އުސްމިން ކަމަށް ބަލާނީ، ޕޭމަންޓް ލެވެލުން ފެށިގެން ރޫފްބީމްގެ މަތީ ކައިރިއާ ހަމައަށް ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން، ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި ކުރާ އިމާރާތްތަކުގެ ޑިޒައިން އެޕްރޫވަލްއާއި އިމާރާތްކުރުމުގެ ހުއްދަ ހޯދަންޖެހޭނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށެވެ. އެ ކަމަށް އެދި ހުށަހަޅަންޖެހޭނީ އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. https://sun.mv/215650 ގަވައިދުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިމާރާތްކުރުމުގެ މަސައްކަތް ފެށޭނީ ބޭނުންވާ ހުއްދަތައް ލިބުމުންނެވެ. އެއާއެކު، ބިންތަކުގެ އިން ވަކިކުރާ ފާހަގަތައް ޖެހުމާއި ބޭނުންވެއްޖެ ހާލަތެއްގައި އަލުން ޖަހައިދިނުމަކީ އެޗްޑީސީގެ ޒިންމާއެއް ކަމަށް ގަވައިދުގައި ވަނީ ކަނޑައަޅާފައެވެ. ފާހަގަކުރެވޭ ގޮތުގައި، ހުޅުމާލޭގެ ދެ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ، މިދިޔަ ޑިސެމްބަރު 22ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ