ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ޖުމްލަ 27،000 ފަސިންޖަރުންނަށް ހިދުމަތް ދޭނެ ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން މި ދުވަސްވަރު ރާއްޖެ އަންނައިރު ސްކޫލު ބަންދާ ދިމާކޮށް ގިނަ ދިވެހިން ރާއްޖެއިން ބޭރަށާއި އަތޮޅު ތެރެއަށް މި ދުވަސްވަރު ދަތުރުކުރެ އެވެ.
ތަފްސީލް - އެމްއޭސީއެލްއިން މިއަދު ބުނީ މިއީ މި އަހަރު ތެރޭ ވީއައިއޭގައި އެއް ދުވަހެއްގައި އެންމެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭ ދެވަނަ ދުވަސް ކަމަށެވެ.
ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން މިއަދު 22،142 ފަސިންޖަރުންނަށް ހިދުމަތް ދޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެއީ ރާއްޖެއިން ފުރާ 11،035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11،107 ފަސިންޖަރުންނެވެ.
ޑޮމެސްޓިކް ޓާމިނަލުން ޖުމްލަ 4،843 ފަސިންޖަރުންނަށް ހިދުމަތް ދޭނެ އެވެ. އެއީ މާލެއިން ފުރާ 2،652 ފަސިންޖަރުންނާއި މާލެ އަންނަ 2،191 ފަސިންޖަރުންނެވެ.
މިއަދު 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނި
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ މިއީ އެއާޕޯޓުގެ ތާރީހުގައި ވެސް އެންމެ ބާރު ބޮޑު އެއް ދުވަސް ކަމަށެވެ.
"ކިޔުތަކުގައި ފަސިންޖަރުން ތިބެން ޖެހޭ ވަގުތު ކުޑަކޮށް، ހިދުމަތް އަވަސްކުރުމަށް ވެސް ޕްލޭންތައް ރާވައިގެން ކުރިއަށް ގެންދާނެ. އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް ފަސިންޖަރުންނަށް އާ ޓާމިނަލުން ލިބޭ ތަޖުރިބާ ރަނގަޅުވުމަކީ ލިބޭ އުފަލެއް،" ޝަރީފް ވިދާޅުވި އެވެ.
ވީއައިއޭގެ އެންމެ ބިޒީ އެއް ދުވަސް، 27،000 ފަސިންޖަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ