ރައީސް މުއިއްޒު އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ސްރީލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފި އެވެ.އެގައުމުގެ މީޑިއާތަކުން މިކަން ހާމަކުރި ނަމަވެސް ރައީސް ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ސަރުކާރުން ވެސް ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.ލަންކާގެ ނޫސްތަކުން ބުނީ ރައީސް މުއިއްޒުގެ ދަތުރާ ގުޅޭގޮތުން ލަންކާގެ ފިޝަރީޒް މިނިސްޓަރު ރަމަލިންގަމް ޗަންޑްރެސޭކަރު އާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައި ވެސް މުއިއްޒު ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ކުރިން ރިޕޯޓުކުރި އެވެ. ނަމަވެސް އެ ދަތުރުގެ ތާރީހު ފަހުން ބަދަލު ކުރީ އެވެ. ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ