ޓެލެވިޒަން ތަރި ސުރުބީ ބަލިވެއިންކަން އިއުލާނުކޮށްފި
އިންޑިއާގެ މަގުބޫލު ޓެލެވިޒަން ބަތަލާ ސުރްބީ ޖޯތީ ބަލިވެއިންކަން އިއުލާނުކޮށްފިއެވެ. ސުރްބީ އާއި ފިރިމީހާ ސުމިތު ސޫރީ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކުރިއަށް އޮތީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށާއި ދެމަފިރިން ވެސް އަލަތު ދަރިފުޅަށް މަރުހަބާކިޔަން ތައްޔާރަށް ތިބި ކަމަށެވެ. ސޯޝަލް މީޑިއާގައި އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކުރަމުން ސުރްބީ ބުނީ މި އަހަރުގެ ޖޫން މަހު އެ ދެމަފިރިންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ލިބި އާއިލާއެއް ފުރިހަމަވާނެ ކަމަށެވެ. ބަތަލާގެ މި ޕޯސްޓާ އެކު ވަރަށް ގިނަ ބަޔަކު ވަނީ ސުރްބީގެ ދެމަފިރިންނަށް މަރުހަބާ ކިޔާފައެވެ. އޭގެތެރޭގައި ޓެލެވިޒަން ދާއިރާގައި މަސައްކަތްކުރާ ތަރިން ކަމަށްވާ ބާރްތީ ސިންގްގެ ދެމަފިރިންގެ އިތުރުން ޝީނާ ބަޖާޖް، ރޯހިތު ޕުރޯހިތު، މޯނީ ރޯއި އަދި ދްރަޝްތީ ދާމީ ހިމެނެއެވެ. ސުރްބީ އާއި ފިރިމީހާ ސުމިތު ސޫރީ--ފޮޓޯ/ޕިންކްވިލާ ޒީޓީވީއިން ގެނެސްދިން "ގުބޫލް ހޭ"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ބަތަލާ ސުރްބީގެ ކެރިއަރުގެ ފާހަގަކޮށްލެވޭ ޑްރާމާ ސީރީސްތަކުގެތެރޭ ކަލަސްއިން ގެނެސްދިން "ނާގިން 3" ހިމެނެއެވެ. އަދި 2021ގައި މަސައްކަތްކުރި ބޮލީވުޑް ފިލްމު "ކިޔާ މެރީ ސޯނަމް ގުޕްތާ ބޭވަފާ ހޭ" އަދި ބައެއް ޕަންޖާބު ފިލްމުތައް ހިމެނެއެވެ. ސުރްބީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2024ގައި ރިލީޒްކުރި ވެބް ސީރީސް "ގުނާހް"އިންނެވެ. ސުރްބީގެ ފިރިމީހާ ސުމިތު ސޫރީ އަކީ ވެސް އެކްޓަރެކެވެ. މީގެއިތުރުން ސުމިތު ވަނީ ބައެއް ހިންދީ ފިލްމުތަކުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ