ވަގު ލިޔުމަށް ގޯތި ހޯދި މައްސަލައިގައި 12 މީހަކަށް ދައުވާކޮށްފި

ހުޅުމާލެއިން ގޯތި ލިބިފައިވާކަމަށް ދެއްކުމުގެ ގޮތުން ސައްހަނޫން ލިޔުންތަކެއް އުފައްދައި، އެ ލިޔުންތައް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހެޅި މައްސަލާގައި 12 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ. މި މައްސަލައަކީ "ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިނުވާ ބަޔަކު، ގޯތި ލިބިފައިވާކަމަށް ދައްކައިގެން އޮޅުވާލި މައްސަލައެކެވެ.ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކު ބިން ހޯދަން ހުށަހެޅި މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.އެ މައްސަލާގައި ފަޒީލްގެ މައްޗަށް ކުރަނީ، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.މީގެތެރޭގައި 3 ބާވަތެއްގެ ދައުވާ ކުރުމަށް ހިމަނާފައި ވެއެވެ.ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ:1. ގ. ޕޫލްބަހާރުއާގެ، އަހުމަދު އަތީޤް އަބްދުالله2. 2. ނ. ވެލިދޫ، ޑޭޒީމާގެ އަހުމަދު މާޒިންމި މީހުންގެ މައްޗަށް ދައުވާ ކޮށްފަވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އަދި ގުޅީފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ދުވަސްވަރު، އާންމުން ހުށަހެޅި ފޯމުތަކުގެ މަސައްކަތް ކުރުމުގައި އުޅެމުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިކަން އެނގޭނެ ސައްހަނޫން ރަޖިސްޓްރީ އަދި އެއްބަސްވުން އުފައްދާފައިވާތީ އެވެ.ސައްހަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ:މ. ފަޅުމަތީގެ، އަރުޝަދު ޢަލީއޭނާގެ މައްޗަށް ކުރަނީ ބިންވެރިޔާ ސްކީމްގެ މަސައްކަތުގައި އުޅެމުން ދިޔަ، ނ. ވެލިދޫ، ޑޭޒީމާގެ، އަހުމަދު މާޒިންއާ ބައިވެރިވެގެން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްގުވެރިން ކަމަށް ރަމްޒުކޮށްދޭ ސައްހަނޫން ރަޖިސްޓްރީއާއި އެއްބަސްވުތަކެއް އުފައްދާފައިވާތީ އެވެ.އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދަޢުވާ:1. ސ. ހިތަދޫ، ހަޒާރުމާގެ، މަރްޔަމް ސާޢީ2. މ. ޒޭވަރު، މުހައްމަދު ފަޟީލު ރަޝީދު3. ޏ. ފުވައްމުލައް، ދޫޑިގަން، ދިލް، އީމާ ވަހީދު4. ދަފްތަރު. ނަންބަރު ރސ 9044، އާއިޝަތު މައުރޫފާ5. ހުޅުމާލެ. ފްލެޓް ނަންބަރު 02-ޖީ- 46، މުހައްމަދު އާދަމް6. ހއ. ދިއްދޫ، ޖަމީލާ، އަބްދުލްމަޖީދު މާހިރު7. މ. ވެސްޓްކޯސްޓް، ހުސައިން ޒާހިރު ޒައިނު8. މ. ފަޅުމަތީގެ، އަޝްހަދު އަލީ9. މ. ފަޅުމަތީގެ، އަހުމަދު އަލީއެ މައްސަލާގައި ފަޒީލްގެ ކޮއްކޮ އަދި އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދަށް ތުހުމަތުތަކެއް ކުރެވުމުން އެ މައްސަލަ ވެސް ފުލުހުން ބެލި އެވެ. އޭނާގެ މައްޗަށް ކުރީ އެޗްޑީސީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ޑިލިޓްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ. އެކަމަކު، ޕީޖީން ވަނީ ދައުވާކުރާނެ ހެއްކެއް ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ނިންމައިފަ އެވެ.އެ މައްސަލާގައި އަމާޒުވި ފާޑުކިޔުންތަކާ ހެދި ފަޒުލް ފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ