އިންޑިއާ އަދި ސައުދީއަށް ސަފީރުން އައްޔަނު ކޮށްފި

އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އައްޔަނު ކުރެއްވީ އައިޝަތު އަޒީމާ އެވެ. އަދި އަލްމަމްލަކަތުލް އަރަބިއްޔަތުއްސުއޫދިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ އަހުމަދު ސަރީރެވެ.
ރާއްޖެއިން އިންޑިއާ އަދި ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އައްޔަނު ކުރެއްވީ އައިޝަތު އަޒީމާ އެވެ. އަދި އަލްމަމްލަކަތުލް އަރަބިއްޔަތުއްސުއޫދިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ އަހުމަދު ސަރީރެވެ.ސަރީރު މީގެ ކުރިން ހުންނެވީ ހާރިޖިއްޔާ އެޓްލާޖުގެ މަގާމުގަ އެވެ. އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް، އޯއައިސީގެ ޑިރެކްޓާ އޮފް އޭޝިއަން އެފެއާސްގެ މަގާމާއި، އދ. ގައި ހުންނަ ރާއްޖޭގެ މަންދޫބު ކަމާއި ބަންގްލަދޭޝް އިން ރާޢްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަމުގެ މަގާމު ވަނީ ފުރުއްވާފައިވެ އެވެ.އަޒީމާވެސް މީގެ ކުރިން ހުންނެވީ ދިވެހި ހާރިޖިއްޔާގެ މަގާމެއްގަ އެވެ. އަދި ޗައިނާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަ ސަފީރުގެ މަގާމުގެ އިތުރުން ހާރިޖިއްޔާގެ އެކި މަގާމުތަކުގައި ގިނަ އަހަރުތަކެއް ވަންދެން ވަނީ ހިދުމަތްކުރައްވާފަ އެވެ.މި ދެ ބޭފުޅުން ވެސް ސަފީރު ކަމަށް މިއަދު ރައީސް އައްޔަނު ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރައީސް ވަނީ ދެ ބޭފުޅުންނަށް ވެސް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ