ދައުލަތުގެ އޮފީސްތަކުގެ ކުއްޔަށް ބޮޑު އެއްޗެއް ހޭދަވާތީ ކަންބޮޑުވުން

ދައުލަތުގެ އޮފީސްތައް ހިންގުމަށް ކުލީގެ ގޮތުގައި ބޮޑު އަދަދެއް ހޭދަކުރާތީ
މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް ކަންބޮޑުވުން ފާޅުކުރައްވައިފި
އެވެ.
މެމްބަރު މިކަމުގެ ކަންބޮޑުވުން ފާޅުކުރެއްވީ، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ
އަންނަ އަހަރުގެ ބަޖެޓާ ގުޅިގެން މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.
ހުސްނީ ވިދާޅުވީ ދައުލަތުގެ އޮފީސްތަކުގެ ބަޖެޓުތައް ދިރާސާކުރަމުން ދާއިރު
ފާހަގަވާ އެންމެ ބޮޑު މައްސަލައަކީ ދައުލަތުގެ އޮފީސްތައް ކުއްޔަށް ނަގައިގެން ހިންގަން
ޖެހުމުން، ކުލި ދައްކަން ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ހޭދަކުރަންޖެހޭ ޖެހުން
ކަމަށެވެ.
އެކަން ފާހަގަކުރައްވައި މެމްބަރު ގޮވާލެއްވީ، ދައުލަތުގެ އެ ހޭދަ ކުޑަކުރުމަށް
ދައުލަތުގެ އިމާރާތްތަކުގައި އެ އޮފީސްތައް ހިންގޭނެ ގޮތަކަށް ކަންކަން ބައްޓަން
ކުރުމަށެވެ. އަދި އެކަމަށް އިންވެސްޓު ކުރުމަށެވެ.
މައްސަލަ ހައްލުވުމާ އެކު ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ސަލާމަތް
ކުރެވޭނެކަން ފާހަގަކުރައްވައި މެމްބަރު ވަނީ، އެއާއެކު ކޮރަޕްޝަނަށް ހުޅުވޭ ދޮރުތައް
ވެސް ބަންދުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ