މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް، މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށޭނެކަމުގެ އުންމީދުކުރައްވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މަތީ އަރުތަވެރީންގެ އިނާމު 2022-2023 ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށުމަށްޓަކައި، އެ މަސައްކަތް އޭގެ ތެރޭގައި ހިމެނޭ ގޮތަށް ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ ގްރާންޓަކަށް މިއަހަރުގެ މާޗްމަހުގެ ތެރޭގައި ޕްރޮޕޯސަލްއެއް ހުށަހެޅިކަމަށެވެ. އަދި މޭ މަހުގެ ތެރޭގައި މިނިސްޓްރީގެ އެ ޕްރޮޕޯސަލް އަށް ޖީޕީއީގެ އެޕްރޫވަލް ލިބި، އޮކްޓޯބަރުގެ ތެރޭގައި އެ ޕްރޮޖެކްޓް އިފުތިތާހުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތަށް މުދައްރިސުންނަށް ދުޅަހެޔޮ، ‘ވޯކްލޯޑް’ ވަކި ހަމައެއްގައި ހިފެހެއްޓިފައި އޮތް ނިޒާމެއް ގެނެސްދެއްވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ހުކުރު ދުވަހަކީ މުދައްރިސުން މަސައްކަތަށް ނުކުންނަން ނުޖެހޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށާއި، މީގެ ބޭނުމަކީ މުދައްރިސުންނަށް އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ދިނުމާއި، އެ ބޭފުޅުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ރިއާޔަތް ކުރުން ކަމަށް، މިނިސްޓަރު ވިދާޅުވިއެވެ.
މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދާނީ މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތައް ފާހަގަކޮށް، އެ ކަންކަމަށް ހާއްސަ އިސްކަމެއް ދީގެންނެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ގައުމީ ފެންވަރުގެ މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އިފުތިތާހުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ސްކޫލްތައް ހުޅުވުން ލަސްކޮށްފި މަގުބޫލު ލިޔުންތައް ލެގަސީ އަންހެން ޖިމް އިން ކަނބަލުންނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި ލޭނެއް މަދުވާނަމަ އެ ލޭން ދިރުވާލީ ރައީސް ޔާމީން – އެމް.ޕީ އާޒިމް އުރީދޫ ފައިވްޖީ ގެ ޚިދުމަތް އައްޑޫސިޓީއަށް! އުއްމީދާއި ދީލަތިކަމުގެ ދ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ