ކަރަންޓު ސަބްސިޑީ ލިމިޓު ކުރަނީ

ކަރަންޓު ސަބްސިޑީ ލިމިޓު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާންކުރެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސޯލިހު ވިދާޅުވީ ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިއުމުގެ ސަބަބުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 910 މިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ހަރަދު ކޮށްފައިވާ ކަމުގައެވެ. އަދި މިއަހަރުގެ ނިޔަލަށް އެގޮތުގައި ދާނަމަ ޖުމްލަ 1.5 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ސަރުކާރުން ހަރަދުކުރަން ޖެހޭނެ ކަމުގައެވެ. ތެލުގެ ސަބްސިޑީއަށް މިއަހަރު ބަޖެޓު ކޮށްްފައިވަނީ 340 މިލިއަން ރުފިޔާއެވެ.
ކަރަންޓުގެ އަގު ބޮޑުވިޔަ ނުދިނުމަށް ސަރުކާރުން ދޭ ސަބްސިޑީ އިސްލާހު ކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަސްވެރިންނަށް ބޭނުންވާ ތެލުގެ އަގަށްވެސް ބަދަލު އަންނާނެފަދަ މޭރުމަކުން ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ