އއ. މާޅޮހުގައި، ނިދާފައި އޮތް އުމުރުން ދޮށީ މީހަކު ވަރަށް އަނިޔާވެރިކޮށް، މަރައިލައިފިއެވެ. މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ، އއ. މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް އުމުރުން ދޮށީ މީހަކަށް ބޮޑެތި އަނިޔާތަކެއް ދީ ޒަޚަމްކޮށްލާފައިވާ ކަމަށް ރޭ ދަންވަރު 01:50 ކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެ މީހާ މާޅޮހު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށްވެސް ބުންޏެވެ.
މި ހާދިސާގައި މަރުވެފައިވަނީ އއ. މާޅޮސް / އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް (65އ) އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަދި މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި މާލެއިން ތަހުގީގީ ޓީމެއް މިހާރު އެ ރަށަށް ދަތުރު ފަށާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ތަފްސީލް އަންނަނީ…
މާޅޮހުގައި، ނިދާފައި އޮތް އުމުރުން ދޮށީ މީހަކު އަނިޔާވެރިކޮށް މަރާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ