އޭނާ އަކީ ސިޔާސީ މީހެއް ނޫން ކަމަށާއި، ސިޔާސީ މީހުން އުޅޭ ”ވައްތަރަށް“ އޭނާ ނޫޅުއްވާ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާއަކީ ސިޔާސީ މީހެއް ނޫން ކަމަށާއި، އޭނާ މަސައްކަތް ކުރައްވަނީ އިސްލާހަށް ކަމަށެވެ. އަދި ސިޔާސީ މީހުންނަކީ އިސްލާހަށް މަސައްކަތް ކުރާނެ ބައެއް ނޫން ކަމުގައިވެސް ވިދާޅުވިއެވެ.
”އެހެންވީމަ، ސިޔާސީ މީހުން އުޅޭ ވައްތަރަކަށް އުޅޭ މީހެއް ނޫންމީ، ސިޔާސީ މީހުން އުޅޭގޮތަށް އަޅުގަނޑު އުޅެލައިފިއްޔާ އަޅުގަނޑު ޒިންދަގީ ދުއްވާލާނެކަން އަޅުގަނޑަށް އިނގޭ.“ އޭނާ ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ އޭނާ ވެރިކަން ބޭނުންވެލެއްވި ނަމަ، މިހާރު ހުންނަވާނީ ވެރިކަމުގައި ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި އޭނާއަކީ ކޮންމެ ގޮތެއް ހައްދަވައިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހޯއްދަވާ ބޭފުޅެއް ނޫން ކަމަށެވެ.
އެގޮތަށް ނޫޅުއްވާ ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ބޭނުންފުޅުވާ ކަމަކަށްނުވާތީ ކަމަށެވެ.
އަޅުގަނޑަކީ ސިޔާސީ މީހުން އުޅޭ ވައްތަރަށް އުޅޭ މީހެއް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ