ނުދައްކަވާ ހުރި ވާހަކަތައް އުދާސްތަކާއެކު މައުމޫން ބަންޑުން ކޮށްލައްވައިފި

އަހުމަދު ސާއިލް އަލީ އަދި އާދަމް ނަޒީރު ޕީޕީއެމްގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ޖެހިގެން އުޅޭ ދަނޑިވަޅެއްގައި މީގެ ކުރިން ނުދައްކަވައި ހުރި ވާހަކަތަކެއް، އުދާސްތަކާއެކު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ބަންޑުންކޮށް ލައިފިއެވެ. އުދާސްތަކާއެކު އެ ވާހަކަފުޅުތައް މައުމޫން ބަންޑުންކޮށްލެއްވީ ސިވިލް ކޯޓުން މިއަދު ހެނދުނު ކުރި ހުކުމާ ގުޅިގެން، ކުއްލި ގޮތަކަށް އެމަނިކުފާނު އިސްވެ ހުންނަވައި ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވަ އެވެ. ވަރަށް މާފާއެކު މި ދަންނަވަނީ އަޅުގަނޑު ކޮށްދިން މަސައްކަތުންނޭ، އަޅުގަނޑު ކޮށްދިން ހިދުމަތުންނޭ، މަޖިލީހުގެ މެންބަރުންވެސް ރާއްޖޭގެ ރައީސް ޖުމްހޫރިއްޔާ ވެސް. މިއީ ހަގީގަތެއް ދެއްތޯ، އަޅުގަނޑު ހަމަ އެމަނިކުފާންގެ އަރިހުގައި އެތައް މިތަނަށް ދަތުރުކޮށް ކެމްޕެއިންކޮށްދިނީ، މާލޭގައި ވެސް ކެމްޕެއިންކޮށްދިނީ، ރައީސް މައުމޫން މައުމޫން ވިދާޅުވީ ރައީސް ޔާމީން 2018ގައި ވާދަކުރައްވާ ކަމެއް ނޭނގެ ކަމަށް ކުރިއަށް އޮތް އިންތިހާބުގައި ރައީސް ޔާމީނަށް ރައީސް މައުމޫން ތާއީދު ކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމީން އިންތިހާބުގައި ވާދަކުރައްވާނެކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. އެހެންކަމުން އެ ސުވާލަށް ޖަވާބެއް ނުދެއްވައެވެ. ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިފިނަމަ ތާއީދު ކުރައްވާނަންތޯ ސުވާލު ދެންނެވުމުން އެމަނިކުފާން ވިދާޅުވީ "ނަމަނަމައަކުން ރިހައެއް ނުކެއްކޭނެ" ކަމަށާއި އެ ވާހަކަ ދައްކާނީ އެކަމެއް ކުރިމަތިވުމުން ކަމަށެވެ. "އެބޭފުޅުން އިންތިހާބްވީ އަޅުގަނޑު ދައްކައިގެން" ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ މެމްބަރުން އިންތިހާބުވީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެހީތެރިކަމާއެކު އެމަނިކުފާން "ދައްކައިގެން" ކަމަށް ވިދާޅުވެ، އެ ބޭފުޅުން މިއަދު އަމަލު ކުރައްވާ ގޮތާމެދު މައުމޫން ވަނީ އެ ބޭފުޅުންނަށް ފާޑުވިދާޅުވެފަ އެވެ. ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ ޕީޕީއެމްގެ މަޖިލިސް މެމްބަރުން އިންތިހާބްވީ އެމަނިކުފާނާއެކު ފޮޓޯނަގައި އެމަނިކުފާން އެބޭފުޅުންނަށް ތާއީދު ކުރައްވާކަން ރައްޔިތުންނަށް އަންގައިގެން ކަމަށެވެ. "ވޭތުވެދިޔަ ތަނުގައި ވަރަށް ގިނަ ބޭފުޅުން އިންތިހާބު ކާމިޔާބު ކުރައްވާފައި އެތިއްބެވީ އަޅުގަނޑުވެސް މަސައްކަތް ކޮށްދީގެން، އެބޭފުޅުންނާއެކު ތަންތަނަށްގޮސް ކެމްޕެއިންކޮށްދީގެން، މިތަނަށް އެބޭފުޅުން ވަޑައިގެން އެބޭފުޅުންނާއެކު ފޮޓޯ ނަގައި ސެލްފީ ނަގައި އެބޭފުޅުންނަށް ތާއީދުކޮށް މެސެޖް ރެކޯޑްކޮށް މި ހުރިހާ ކަމެއްކޮށްގެން އެބޭފުޅުން އިންތިހާބްވެ ވަޑައިގަތީ މިއަދު އެކަމެއް ދެނެވަޑައެއް ނުގަންނަވާ،" ރައީސް މައުމޫން ވިދާޅުވިއެވެ. "ވޭތުވެދިޔަ ތަނުގައި ވަރަށް ގިނަ ބޭފުޅުން އިންތިހާބު ކާމިޔާބު ކުރައްވާފައި އެތިއްބެވީ އަޅުގަނޑުވެސް މަސައްކަތް ކޮށްދީގެން، އެބޭފުޅުންނާއެކު ތަންތަނަށްގޮސް ކެމްޕެއިންކޮށްދީގެން، މިތަނަށް އެބޭފުޅުން ވަޑައިގެން އެބޭފުޅުންނާއެކު ފޮޓޯ ނަގައި ސެލްފީ ނަގައި އެބޭފުޅުންނަށް ތާއީދުކޮށް މެސެޖް ރެކޯޑްކޮށް މި ހުރިހާ ކަމެއްކޮށްގެން އެބޭފުޅުން އިންތިހާބްވެ ވަޑައިގަތީ މިއަދު އެކަމެއް ދެނެވަޑައެއް ނުގަންނަވާ،" ރައީސް މައުމޫން ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމީނަށް ފުރަތަމަ ބުރުގައި 25 ޕަސެންޓް ވޯޓް ލިބުމުން ދެ ވަނަ ބުރު ކާމިޔާބުކުރީ އެމަނިކުފާންގެ މަސައްކަތުން ޖުމްހޫރީ ޕާޓީފަދަ އެހެން ޕާޓީތަކުގެ ތާއިދާއެކުގައި ކަމަށެވެ. އެއީ ތާރީހު ކަމަށާއި އެކަންކަން ބަދަލު ނުކުރެވޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. "ރައްޔިތުން މަޖިލީހުގެ ވަރަށް ގިނަ މެމްބަރުން އެތިއްބެވީ ވަރަށް މާފާއެކު މި ދައްނަވަނީ އަޅުގަނޑު ކޮށްދިން މަސައްކަތުންނޭ، އަޅުގަނޑު ކޮށްދިން ހިދުމަތުންނޭ، ރާއްޖޭގެ ރައީސް ޖުމްހޫރިއްޔާ ވެސް، މިއީ ހަގީގަތެއް ދެއްތޯ، އަޅުގަނޑު ހަމަ އެމަނިކުފާންގެ އަރިހުގައި އެތައް މިތަނަށް ދަތުރުކޮށް ކެމްޕެއިންކޮށްދިނީ، މާލޭގައި ވެސް ކެމްޕެއިންކޮށްދިނީ،" ރައީސް މައުމޫން ވިދާޅުވިއެވެ. އެމަނިކުފާން ޕީޕީއެމް އުފެއްދީ ޑީއާރްޕީން ކުރަން ޖެހުނު ތަޖުރިބާ ކުރަންނުޖެހޭނެކަމުގެ ޔަގީންކަން ބަޔަކު ދިނުމުން ކަމަށާއި މިއަދު އެމަނިކުފާނާއި ދެކޮޅަށް އެބޭފުޅުން ނުކުންނަވާފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ޕީޕީއެމް އުފެއްދީ ހިތާ ދެކޮޅަށް: މައުމޫން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އުފެއްދީ ހިތާ ދެކޮޅަށް ކަމަށެވެ. މިއަދުގެ ބައްދަލުވުމުގައި މައުމޫން ވަނީ ޕީޕީއެމް އުފެދިގެން އައި ގޮތް ނޫސްވެރިންނާ ހިތްސާކޮށްފަ އެވެ. "ބައެއް ބޭފުޅުން އަޅުގަނޑުގާތު ވިދާޅުވީ މުޅިން އާ ޕާޓީއެއް ހަދަން އުޅޭށޭ. އަނެއް ބައި ބޭފުޅުން އަޅުގަނޑު ގާތު ވިދާޅުވަނީ އޭރު ޑީއާރްޕީގެ ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރެވޭތޯ މަސައްކަތް އަދިވެސް ކުރަން އުޅޭށޭ. ނަމަވެސް ގިނަ ބޭފުޅުން ތާއީދު ކުރެއްވީ އާ ޕާޓީއެއް އުފެއްދުމަށް،" ރައީސް މައުމޫން ވިދާޅުވި އެވެ. އެހެންވީމަ އަޅުގަނޑު މިއަދު ދަންނަވާނީ ތިބޭފުޅުން ވައުދުވެވަޑައިގަންނަވާށޭ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އަޅުގަނޑަށް ދަތިވާ ގޮތަށް، ޕާޓީ ހިންގަން އުނދަގުވާ ގޮތަށް. މިހާރު މި ވާހަކަތައް ދައްކަވާ ބޭފުޅުން، އެބޭފުޅުން ވައުދުވެވަޑައިގެންނެވީމަ އަޅުގަނޑު ޕާޓީއެއް އުފެއްދީވެސް، ރައީސް މައުމޫން "ހިތްޕުޅު ހަމަޖެހި ވަޑައިނުގެން ޕާޓީ ރައީސް [މައުމޫން] އަށް އެއްޗެހި ވިދާޅުވީ، އެއީ މުޅި ބޮޑު މުބާރާތެއް ކަހަލަ ކަމެއް، ކާކަށްތޯ ގިނަ އެއްޗެހި ޕާޓީގެ ރައީސްއަށް ގޮވެނީ، ވަރަށް މަޖާ، އަޅުގަނޑުވެސް ބަލަން އިނިން، ވަރަށް ހިނި އައި،" ހިނިފުޅު ވަޑުވަމުން ރައީސް މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ އިތުރު ޕާޓީއެއް ހެދުމަށް އެމަނިކުފާނަށް މަޝްވަރާ ދެއްވުމުން އެކަމާ ވިސްނާލައްވާނެ ކަމަށް މަޝްވަރާ އެރުއްވި ބޭފުޅުންގެ އަރިހުގައި ވިދާޅުވި ކަމަށެވެ. އަދި ވިސްނާލެއްވުމަށްފަހު ސިލްސިލާ މަޝްވަރާ ބައްދަލުވުމެއް ބޭއްވި ކަމަށް މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑު އެބޭފުޅުންނަށް [އިތުރު ޕާޓީއެއް ހަދަން މަޝްވަރާ އެރުއްވި ބޭފުޅުން] ދެންނެވިން އަޅުގަނޑު މިހުރީ ތައްޔާރަށޭ އިތުރު ޕާޓީއެއް ހަދަން. އެކަމަކު އެބައޮތޭ ޝަރުތެއް. އަޅުގަނޑާ އެކު އަބަދުވެސް ތިބޭފުޅުން ތިއްބަވަން ޖެހޭނެއޭ، އަޅުގަނޑަށް އެހީތެރިވެދެއްވަން ޖެހޭނޭ. ޖަވާބުގައި އެބޭފުޅުން ވިދާޅުވީ މައުމޫން ހިތްދަތިވާ ކަހަލަ ދެރަވާ ކަހަލަ މައުމޫނަށް އުނދަގޫވާ އެއްވެސް ކަމެއް ނުކުރައްވާނަމޭ، އެހެން އެބޭފުޅުން ދެންނެވީމާ އަޅުގަނޑުގެ ހިތާ ދެކޮޅަށް އެހެން ޕާޓީއެއް އުފެއްދީ،" މައުމޫން ވިދާޅުވި އެވެ. ޑީއާރްޕީގައި މަސައްކަތް ކުރެއްވިއިރު އެންމެ އަރިހުގައި އުޅުއްވި ބޭފުޅުން އެމަނިކުފާނަށް ހިޔާނާތްތެރިވެވަޑައިގެންނެވި ކަމަށް ރައީސް މައުމޫން މިއަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޑީއާރްޕީގައި އެމަނިކުފާނު ކުރެއްވި ތަޖުރިބާ ޕީޕީއެމްގައި ކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ. ދެން މިހާރު ކޮން ވާހަކައެއް ދައްކަވާކަށްތޯ. އަޅުގަނޑު ހިތަކަށް ނުބުނޭ އެ ދުވަހެއް އަންނާނެއެކޭ. ކީއްވެތޯ މިއޮއް ހުރިހާ ދުވަހު ބައްދަލު ނުކުރެއްވީ. ކީއްވެތޯ މި ހުރިހާ ކަމެއް މި ގޮތަށް ވާން ދޫކޮށްލެއްވީ. އަޅުގަނޑާ ރައީސް ޔާމީނާ ދެބޭފުޅުން ވާހަކަދައްކައިގެން ހައްލު ކުރެވޭނެ ކަންތައްތަކެއް ހުރެދާނެ ކަން ނޭނގެ. ކީއްވެތޯ އެކަމާ ނޫޅުއްވީ،ރައީސް މައުމޫން "އެހެންވީމަ އަޅުގަނޑު މިއަދު ދަންނަވާނީ ތިބޭފުޅުން ވައުދުވެވަޑައިގަންނަވާށޭ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އަޅުގަނޑަށް ދަތިވާ ގޮތަށް، ޕާޓީ ހިންގަން އުނދަގުވާ ގޮތަށް. މިހާރު މި ވާހަކަތައް ދައްކަވާ ބޭފުޅުން، އެބޭފުޅުން ވައުދުވެވަޑައިގެންނެވީމަ އަޅުގަނޑު ޕާޓީއެއް އުފެއްދީވެސް." މައުމޫން ވިދާޅުވި އެވެ. ރައީސް ޔާމީނާ ބައްދަލުކުރަން އުޅުނިން، މިހާރު ލަސްވެއްޖެ! މިއަދުގެ ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ހުރި މައްސަލަތަކާއި އަދި ގައުމުގައި ހުރި އެހެނިހެން މައްސަލަތަކަށް މަޝްވަރާ ކުރެއްވުމުގެ ގޮތުން ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ގިނަ ފަހަރެއްގެ މަތީން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތަށް މިހާރު އެއްމަސް ދުވަސްވެފައިވާ ކަމަށެވެ. "އެހެންވީމަ ދެން މިހާރު ކޮން ވާހަކައެއް ދައްކަވާކަށްތޯ. އަޅުގަނޑު ހިތަކަށް ނުބުނޭ އެ ދުވަހެއް އަންނާނެއެކޭ. ކީއްވެތޯ މި އޮއް ހުރިހާ ދުވަހު ބައްދަލު ނުކުރެއްވީ. ކީއްވެތޯ މި ހުރިހާ ކަމެއް މި ގޮތަށް ވާން ދޫކޮށްލެއްވީ. އަޅުގަނޑާ ރައީސް ޔާމީނާ ދެބޭފުޅުން ވާހަކަދައްކައިގެން ހައްލު ކުރެވޭނެ ކަންތައްތަކެއް ހުރެދާނެ ކަން ނޭނގެ. ކީއްވެތޯ އެކަމާ ނޫޅުއްވީ. މި ހިސާބަށް ދިޔައިމަތޯ ދެއްތޯ ބައްދަލު ކުރައްވަންވީ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ