ފަލަސްތީނުގެ މައްސަލަގައި އެެހެން ގައުމުތަކުން ތަސައްލީ އެއް ހޯދައިދޭން ދެން މަޑުނުކޮށް އިޒްރޭލްގެ އަމަލުތައް ހުއްޓުވާ ފަލަސްތީނަށް އެހީތެރިވުމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތް މައުމޫން ވިދާޅުވި އެވެ.
ފަލަސްތީނުގެ ވަޒަންވެރީންނާއި ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކަށް އިންސާފު ހޯދުމަށް އިޒްރޭލާ ދެކޮޅަށް ދައުވާ ކުރުމުގެ ހައްގު ރާއްޖެ އަށް ވެސް އެބަ އޮތް ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަލްއުސްތާޛު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
"އެކްސް" ގައި ކުރެއްވި ޕޯސްޓެއް ގައި މައުމޫން ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވާއިދުތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާ ކަންކަމާއި ގުޅިގެން ރާއްޖެއަށް އަމަލު ކުރެވިދާނެ ގޮތްތަކެއް ގާނޫނުލް އުގޫބާތުގައި ބުނެ އެވެ. އެކަމަށް ވަކި އިހުތިސާސެއް ކަނޑައަޅާފައިވާ ކަން ފާހަގަކޮށް އެ މާއްދާ މައުމޫން ވަނީ ހިއްސާ ކުރައްވާފައެވެ.އެއީ ގާނޫނުލް އުގޫބާތުގެ 13 ވަނަ މާއްދާ އެވެ. އެ މާއްދާ ގައި ބުނެފައި ވަނީ ކުށްކުރީ ކޮންމެ ތަނެއްގައި ކަމުގައިވީ ނަމަވެސްް އަދި އެ ކުށްކުރި މީހުންގެ ދިރިއުޅުން ބިނާވެފައިވަނީ ކޮންމެ ގައުމެއްގައި ކަމުގައިވީ ނަމަވެސް، ބައިނަލްއަގްވާމީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކުރެވޭ ކޮންމެ ކުށެއް އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ސަބަބުން އެ ކުށުގެ އަމަލުގެ މައްޗަށް ގާނޫނު ހިންގުމުގެ ބާރު ދައުލަތަށް ލިބިދޭ ބާވަތުގެ ކުށްތަކުގެ މައްޗަށް ދަައުވާ އުފުލުމުގެ ބާރު ދިވެހި ދައުލަތަަށް ލިބިގެންވާ ކަމަށެވެ.ފަލަސްތީނުގެ މައްސަލަގައި އެެހެން ގައުމުތަކުން ތަސައްލީ އެއް ހޯދައިދޭން ދެން މަޑުނުކޮށް އިޒްރޭލްގެ އަމަލުތައް ހުއްޓުވާ ފަލަސްތީނަށް އެހީތެރިވުމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތް މައުމޫން ވިދާޅުވި އެވެ.ހަމާސްއާ ދެކޮޅަށް ޔަހޫދީ ސިފައިން މިހާރު ފަށާފައިވާ ހަނގުރާމާގައި މުޅި ގާޒާ ވަނީ ސުންނާފަތި ކޮށްލާފައެވެ. ކުށެއް ނެތް އާންމުން ދަނީ ޝަހީދު ކުރަމުންނެވެ. މިހާތަނަށް ނުވަހާހަށް ވުރެ ގިނަ މީހުން ޝަހީދު ވެއްޖެ އެވެ. އޭގެ ތެރޭގައި 3،000 ވުރެ ގިނަ ކުޑަކުދީން ހިމެނެ އެވެ.ފަލަސްތީނުގެ ދިފާއުގައި މުޅި ދުނިޔޭ ގައި ވެސް ގަދަ އަޑަކީ ދިވެހީންގެ އަޑެވެ. މިދިޔަ ސާޅީހަކަށް އަހަރު ދިވެހީން ގެންދިޔައީ ބައިނަލްއަގްވާމީ ދުނިޔެއާ ރާއްޖޭގައި އެ އަޑު އުފުލަމުންނެވެ. ދިވެހީންނަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށް ދެމުން ދިޔަ އެވެ. ދިވެހީންގެ ހިތްތަކުގައި ފަަލަސްތީނަށް އޮތީ ވަރަށް ހާއްސަ ލޯތްބަކާއި ގަދަރެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރާއްޖެއަށް އިޒްރޭލާ ދެކޮޅަށް ދައުވާ ކުރެވޭނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ