ސްރީލަންކާގެ ނެގަމްބޯ ޖަލުގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ކުރިމަތިލުންތަކެއްގައި ދެ ގައިދީއަކު މަރުވެ، އިތުރު 35 މީހަކަށް އަނިޔާވެއްޖެ ކަމަށް ޖަލުގެ އިދާރާތަކުން ބުނެފި އެވެ.
މި ހާދިސާއާ ގުޅިގެން އެ ޖަލުގައި ތިބި އަންހެން ގައިދީންތަކެއް ޖަލުގެ ފުރާޅުމައްޗަށް އަރައި މުޒާހަރާ ކޮށްފައިވާއިރު، ފިރިހެން ގައިދީންގެ ގްރޫޕަކުން ވެސް ފުރާޅުމައްޗަށް އަރައި ވަކިން މުޒާހަރާ ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ކުރިމަތިލުންތަކުގައި އަނިޔާވި ގައިދީންނަށް ފަރުވާ ދިނުމަށްޓަކައި ވަނީ ނެގަމްބޯ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
ޖަލުގެ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މި ހަމަނުޖެހުމުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ ގައިދީއަކު ވަނީ މަރުވެފަ އެވެ. އަދި ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި އަނިޔާތައް ލިބުނު އިތުރު ދެ ގައިދީއަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި ކޮލަމްބޯގައި ހުންނަ ސްރީލަންކާގެ ނޭޝަނަލް ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ޖަލުގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ތަހުގީގެއް ފަށާފަ އެވެ.
ލަންކާ ޖަލެއްގައި ހަމަނުޖެހުން ހިނގައި ދެ މީހަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ