މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފި

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ މަރިޔައްޕަން ގަނެޝަން (39އ) އާއި، ނ. ކެނދިކުޅުދޫ / ކުޅުދޫ، ގުލްފާމްގެ، އިބްތިޝާމް ޢަލީ (27އ) ގެ އިތުރުން ސ. ހިތަދޫ / ދެކުލައަރާގެ، އިބްރާހީމް މަޢުޞޫމް (54އ) އެވެ.
މަރިޔައްޕަން ގަނެޝަންގެ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މި ހުރިހާ މައްސަލަތަކެއް ވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ