މާފަރު އެއާޕޯޓުގައި މޫސުން ބަލާ އޮބްޒަވޭޓަރީއެއް ގާއިމުކުރަނީ

މާފަރުގައި ގާއިމުކުރާ މި އޮބްޒަވޭޓަރީއަކީ ރާއްޖޭގައި ގާއިމުކުރެވޭ މޫސުން ބަލާ ހަވަނަ އޮބްޒަވޭޓަރީއެވެ. މިފަދަ މަރުކަޒެއް އެ ސަރަހައްދުގައި ގާއިމުކުރުމަށް ނިންމާފައިވާކަން މެޓް އޮފީހުން އިއުލާންކޮށްފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އައިއޭއެސް އިން ގަބޫލުކުރާ ގޮތުގައި މިއީ ރާއްޖޭގެ އުތުރުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ