އެސްޓީއޯ އިން ހިންގަމުން އަންނަ ފާމަސީތައް، އަލަށް އުފެއްދި “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް” (ސްޓޭޓްފާމާ) ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
އެސްޓީއޯ އިން ހާމަކޮށްފައިވާ ގޮތުގައި، ފާމަސީތަކުގެ ހިންގުން އާ ކުންފުންޏާ ހަވާލުކުރުމަށްޓަކައި ކުރަންޖެހޭ އިންވެންޓްރީ ކައުންޓް ކުރުމުގެ މަސައްކަތް މި ޖޫން މަހުގެ 24، 25 އަދި 26 ވަނަ ދުވަހު ކުރިއަށްދާނެއެވެ. މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި އެސްޓީއޯގެ ފާމަސީތައް ހިދުމަތްތަކަށް ބަންދުވާނެއެވެ. ނަމަވެސް، ފާމަސީތައް ބަންދުކޮށްފައި ހުންނަ މުއްދަތުގައި ވެސް ކޮންމެހެން ބޭނުންވާ އެމަޖެންސީ ހާލަތްތަކުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމުގެ ޔަގީންކަން އެސްޓީއޯ އިން ވަނީ ދީފައެވެ.
ފާމަސީތަކުން ހިދުމަތް ދިނުމާއި، ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ސަޕްލައިސް އެތެރެކޮށް ފޯރުކޮށްދިނުމުގެ އެންމެހާ ޒިންމާތައް އުފުލާނީ އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަނުންނެވެ. މި ބަދަލަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ބޭނުންވާ ބޭހާއި ތަކެތި އިތުރަށް ހަރުދަނާކޮށް، ވަކި ހާއްސަ ކުންފުންޏެއްގެ ދަށުން އެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމެކެވެ.
އަސާސީ ބޭސްތަކުގެ އަގު ކޮންޓްރޯލު ކުރުން ފަށާ ތާރީހު ފަސްކޮށްފި ފާމަސީތަކުން އަސާސީ ބޭސްތައް ނުލިބޭނަމަ ފިޔަވަޅު އަޅަނީ ޕޯސްޓް މެދުވެރިކޮށް ގެންނަ ބޭސް ވިއްކާނަމަ ފިޔަވަޅު އަޅަނީ ފޭކް ބޭހެއް ބޭރުގައުމެއްގައި ދައުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި މަގުބޫލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ