ދިރާގު ގޭމާސް ގިލްޑުގައި ބައިވެރިވެގެން ޕީއެސް5 ޕްރޯއެއް ހޯދިދާނެ

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އަށް ސައިން-އަޕް ކޮށްގެން ޕްލޭސްޓޭޝަން 5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ތަފްސީލް - މިއީ، ގޭމް ކުޅުންތެރިންނަށް އެންމެ ފަހުގެ ޕްލޭސްޓޭޝަނަށް އަޕްގްރޭޑްކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.
މި ލަކީޑްރޯގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ:
ޑީޖީޖީއަށް ސައިން-އަޕް ކުރުން
އަމިއްލަ ނަންބަރު ވެރިފައިކުރުމަށް ފަހު ޔޫޒަ-ނޭމް އަޕްޑޭޓްކުރުން
އަންނަ 16 ސެޕްޓެންބަރުގެ ނިޔަލަށް ކުރިއަށްގެންދާ މި ލަކީޑްރޯގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. މި ލަކީޑްރޯގެ ނަސީބުވެރި ފަރާތްތައް ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރާނެ އެވެ.
ލަކީޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް މުޅިން އާ ޕީއެސް5 ޕްރޯއެއް ލިބޭނެ އެވެ.
ފާހަގަކޮށްލެވޭ - ޑީޖީޖީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ދިވެހި ގޭމަރުންނަށް އެންމެ ފަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދެމުންނެވެ.
ޑީޖީޖީން އަންނަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާ އެކު ބާއްވައި ރާއްޖޭގެ ގޭމިން ހުނަރު އިތުރުކުރުމަށް ގިނަ ފުރުސަތުތަކެއް ހޯދައިދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ