ރާއްޖެ އެތެރެކުރަން އުޅުނު 2.3 މިލިޔަން ސިނގިރޭޓު އަތުލައިގެންފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ، މި މަހުގެ 14 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުންނެވެ.
ކަސްޓަމްސްއިން ވިދާޅުވީ، މި އޮޕަރޭޝަނުގައި ޖުމްލަ 2,304,200 (ދެ މިލިއަން ތިން ލައްކަ ހަތަރު ހާސް ދުއިސައްތަ) ސިނގިރޭޓު ސްޓިކްސް އަތުލައިގަނެފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމާއި، އީ-ސިނގިރޭޓު އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ