މާލޭ ވޯޓާ އެންޑް ސިވުރެޖް ކޮމްޕެނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ސ. ފޭދޫ، ނާޒްކީގޭ، ޝަމްހޫޒާ އަހުމަދު އެ މަގާމުން ވަކިކޮށްފި އެވެ.
ވެރި ރަށް މާލެއަށް ފެނުގެ ހިދުމަތް ދީ، ނަރުދަމާގެ ނިޒާމު ބަލަހައްޓައިދޭ އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމަށް ޝަމްހޫޒާ އައްޔަނު ކުރީ ޑިސެމްބަރު 26، 2023 ގަ އެވެ.
ޗެއާޕާސަންގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވެސް އޭނާ ވަނީ ވަކިކޮށްފަ އެވެ. އެއީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ.
އެ މަގާމާ ހަވާލުވުމުގެ ކުރިން ޝަމްހޫޒާ ހުންނެވީ މާލޭ ސިޓީ ކައުންސިލުގެ ކައުންސިލް އެގްޒެކެޓިވްގެ މަގާމުގަ އެވެ. އަދި އޭގެ ކުރިން ހައުސިން މިނިސްޓްރީގެ ޑިރެކްޓަރެއްގެ ވަޒީފާ ވެސް އޭނާ އަދާ ކުރެއްވި އެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް ވެސް ދާދިފަހުން ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެ މަގާމުގައި ހުންނެވި އަބްދުލް މަތީން އިސްތިއުފާ ދިނުމުން މިހާރު އެ މަގާމުގައި ހުރީ މުއިއްޒުގެ އަރިސް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.
އެމްޑަބްލިއުއެސްސީ އުފެއްދީ އޭޕްރީލް 1، 1995، ގަ އެވެ. އެ ކުންފުނިން ފުޅީގައި ބަންދުކޮށްގެން ބޯފެން ވެސް އުފައްދަ އެވެ. މާލޭގެ އިތުރުން ބައެއް ރަށްރަށާއި ރިސޯޓުތަކިުގައި ވެސް އެ ކުންފުނިން ހިދުމަތްދެ އެވެ.
ފެން ކުންފުނީގެ ޗެއާޕާސަންކަމުން ޝަމްހޫޒާ ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ