މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް މީކާއިލް

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ހެންވޭރު މެދު ދާއިރާގެ ކައުންސިލަރު މީކާއިލް މުހައްމަދު ރިޔާޒު އިންތިހާބުކޮށްފި އެވެ. 
ސިޓީ ކައުންސިލުގައި ތިއްބަވާ ދެ މެންބަރުން ފިޔަވައި އެހެން ހުރިހާ މެންބަރުންނަކީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންނެވެ.
ޑެޕިއުޓީ މޭޔަރަކު ހޮވުމަށް އެމްޑީޕީގެ އެތެރޭގައި ބޭއްވި ޕްރައިމަރީ މީކާއިލް ކާމިޔާބު ކުރެއްވީ ހަތް ވޯޓުންނެވެ. ހުޅުމާލެ އުތުރު ދާއިރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) އަށް ފަސް ވޯޓު، މާފަންނު މެދު ދާއިރާ އައިޝަތު ހަނާއަށް ދެ ވޯޓު އަދި މާފަންނު ހުޅަނގު ދާއިރާ މުހައްމަދު ރިލްވާން އަލީއަށް ދެ ވޯޓު ލިބިވަޑައިގަތެވެ.
އެހެންވެ ކައުންސިލް ބައްދަލުވުމަށް ހުށަހެޅުނީ ހަމައެކަނި މީކާއިލްގެ ނަމެވެ. 
އޭނާއަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް މެދު ހެންވޭރު ދާއިރާގެ ރައީސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ