މިއަދު ހަވީރުވެސް މީދޫއިން ކަރަންޓު ކަނޑާލަނީ!

ރަ. މީދޫގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދިނުމަށް މިއަދު ކުރިމަތިވި ދަތިތައް ހައްލުކުރުމަށްޓަަކައި މިއަދު ހަވީރު 4:30 އިން 5:30 އަށް މުޅި ރަށުން ކަރަންޓު ކަނޑާލަން ހަމަޖެހިފައިވާކަމަށް ފެނަކަ ކޯޕަރޭޝަން މީދޫ ބްރާންޗުން މައުލޫމާތު ދީފިއެވެ.
 
މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ ސުޕަވައިޒަރ އިބްރާހީމް ރަޝީދު ބުނީ އެކި ދުވަސްމަތިން ރަށުގެ B ފީޑަރުން ކަރަންޓު ދަނީ އެ ފީޑަރުގެ ލޯޑު ބްރޭކަރަށްވުރެ މަތިވުމުން ކަމަށާއި އެމައްސަލަ ހައްލުކުރުމަށް އެ ފީޑަރުގެ ބްރޭކަރު ބަދަލުކުރުމުގެ މަސައްކަތް މިއަދު މުޅި ރަށުން ކަރަންޓު ކަނޑާލުމަށްފަހު ކުރާނެކަމަށެވެ.ރަށުގެ B ފީޑަރުން މިއަދު ހުކުރު ވަގުތުން ފެށިގެން ކަރަންޓުގެ ޚިދުމަތްވަނީ މެދުކެނޑިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ