ހައިބަނޑާ ނިދުމުން ވާގޮތް އެނގޭތަ؟

ބަރުދަން ލުއި ކުރުމުގެ ބޭނުމުގައި ނުވަތަ ބިޒީކޮށް އުޅެފައި ވަގުތުނުވެގެން ވިއަސް ހައިބަނޑާ ނިދާ މީހުން މަދެއްނޫނެވެ. މިއީ ހާލަކުން ފަހަރަކު ކުރުމުން މާބޮޑު މައްސަލައަކަށް ނުވާ ކަމެއް ނަމަވެސް އަބަދު މިގޮތަށް ހައިބަނޑާ ނިދާ ނަމަ އެއީ ވަރަށް ބޮޑެތި ގެއްލުން ވާކަމެކެވެ.
ހައިބަނޑާ ނިދުމުން ދިމާވެދާނެ ބައެއް ކަންކަމަށް މި އާޓިކަލުގައި ބަލައިލާނަމެވެ.
ނިއުޓްރިޝަނަލް ޑެފިޝިއެންސީ
ރޭގަނޑު ނުކާ ނަމަ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ގެއްލިގެންދެއެވެ. ނިއުޓްރިޝަން އަދި ޑައިޓެޓިކްސްގެ ކޮންސަލްޓަންޓުން ބުނާ ގޮތުގައި ހަށިގަނޑަށް މައިކްރޯ ނިއުޓްރިޝަން ތެރޭގައި ހިމެނޭ މެގްނީޒިއަމް، ވިޓަމިން ބީ12 އަދި ވިޓަމިން ޑީ3 އަކީ ވަރަށް މުހިއްމު މާއްދާތަކެކެވެ. ހައިބަނޑާ ކޮންމެ ރެއަކު ނިދާ މީހެއްކަމުގައި ވާނަމަ ހަށިގަނޑުން މި މާއްދާތައް މަދުވެ ރަނގަޅަށް ހަށިގަނޑު ފަންކްޝަން ކުރުމަށް ބުރޫއަރައެވެ.
މެޓަބޮލިޒަމަށް އަސަރު ކުރުން
ގަވައިދުން ނުކައި ނިދާނަމަ އެއީ ހަށިގަނޑުގެ މެޓަބޮލިޒަމްއަށް އޭގެ އަސަރު ކުރާކަމެކެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް އަސަރު ކުރަނީ އިންސިއުލިން ލެވެލްއަށެވެ. މިއީ ހަށިގަނޑުގެ އެންމެ މުހިއްމު އެއް ހޯމޯންއެވެ. މީގެ އިތުރުން ކޮލެސްޓްރޯލްއާއި ތައިރޮޑަށްވެސް އަސަރު ކުރެއެވެ. ގަވައިދުން ރަނގަޅު ކާނާ ނުކާ ނަމަ ހޯމޯންތަކަށް އަސަރުކޮށް އެހެނިހެން ބަލިތައްޖެހުމަށް މަގުފަހިވެއެވެ.
ނިދުމަށް އަސަރު ކުރުން
ހައިބަނޑާ ނިދަން އަރައިފި ނަމަ އެތައް ގަޑިއިރެއްވަންދެން ނުނިދި ދެކޮޅަށް ފުރޮޅިލަ ފުރޮޅިލަ އޮންނަން ޖެހޭލެއް މަދެއް ނޫނެވެ. ބަނޑުހައިކަމުގެ އިހުސާސަކީ މީހާ މެންޓަލީވެސް އެލާޓްކޮށްލާ ހަމަ ނިދި ނިދުމަށް ބުރުއަރުވާކަމެކެވެ.
ބަރުވުން
ގިނަ ބަޔަކު ރޭގަނޑު ނުކަނީ ލުއިވޭތޯ އެވެ. ނަަމަވެސް ހަގީގަތުގައި ކަންވަނީ އޭގެ އިދިކޮޅަށެވެ. ނަމަވެސް ރޭގަނޑު ކެއުމަށް ބެލުމަކީ މުހިންމު ކަމެކެވެ. އެކަމަކު އެއްވެސް ވަރަކަށް ރޭގަނޑު ނުކާ ނަމަ އޭގެ ސަބަބުން ބަރުދަން ލުޔެއް ނުވެއެވެ. ދާނީ ބަރުވަމުންނެވެ.
މޫޑީވުން
ހައިބަނޑާ ހުރެ މަސައްކަތް ކުރާނަމަވެސް ގިނަ ފަހަރު މޫޑީވެގެންދެއެވެ. އެހެންކަމުން ހައިބަނޑާހުރެ ނިދަން އަރައިފި ނަމަ ނިދުމަށް ކޮންސަންޓްރޭޓެއް ނުކުރެވޭނެއެވެ. އަދި އޭގެ ސަބަބުން ހެނދުނު ހޭލާ ގޮތަށް ބޮޑު ނާސްތާއެއް ނެގުމަށް އެދެވެއެވެ. ޔުނިވާސިޓީ އޮފް ކެމްބްރިޖްގައި ހެދި ރިސާޗަކުން ދައްކާގޮތުގައި ރޭގަނޑު ނުކައި ނިދާ ނަމަ ހަށިގަނޑުގައި ހުންނަ ސެރޮޓޮނިން މާއްދާ އެއްވަރެއްގައި ނުހިފެހެއްޓި ފްލަކްޗުއޭޓް ވެގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ