ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ހިންގާ ތަހުގީގު ދަރުބާރުގޭގައި ފަށައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީގެ މައްޗަށް ޖޭއެސްސީން ހިންގާ ތހުގީގު ދަރުބާރު ގޭގައި ފަށައިފިއެވެ.
މިއަދުގެ ޝަރީއަތް ތައާރަފްކޮށް ދެއްވަމުން ފަނޑިޔާރު ދީދީގެ މައްސަލަ ބަލާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމިޓީގެ ރިޔާސަތުގައި އިންނެވި، އެ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ، މި މައްސަލަ އަކީ ފުލުހުން ތަހުގީގު ކުރަމުން އަންނަ އަބުދުﷲ ދީދީއާގުޅޭ މައްސަލައަކާ ގުޅިގެން ޖޭއެސްސީން އިސް ނަގައިގެން ބަލަންފެށި ސުލޫކީ މައްސަލައެއް ކަމަށާއި، އެމައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީއަކީ އެ މައްސަލަ ބެލުމަށް ޖޭއެސްސީން ކަނޑައަޅާފައިވާ ކޮމިޓީއެއް ކަމަށެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ވަޑައިގަންނަވަނީ، ޖޭއެސްސީގެ ނާއިބު ރައީސް މަސްތޫރު ހުސްނީ އާއި، ޖޭއެސްސީގެ މެންބަރުން ކަމުގައިވާ ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު އާއި ފަނޑިޔާރު އުސްތާޒު މުހައްމަދު އީސާފުޅުގެ އިތުރުން އަލްއުސްތާޒާ ހިސާން ހުސެއިން، އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމުއެވެ. މި ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައެއް ނުގަންނަވައެވެ.
އިތުރު ތަފްސީލް އަންނަނީ...........
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ