ސުޕްރީމް ކޯޓުން މަސައްކަތްކުރަނީ މާފިޔާއެއް ހެން - އިންތި

މާފިޔާއެއްގެ ގޮތުގައި ސުޕްރީމް ކޯޓުން މަސައްކަތްކުރާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިންތިޔާޒް ފަހުމީ، އިންތި ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތި ވިދާޅުވީ، ސްޕްރީމް ކޯޓުން މާފިޔާއެއްގެ ގޮތުގައި މަސައްކަތްކޮށް މަޖިލީހުގެ ބާރު ކަނޑުވާލާއި ރައްޔިތުންގެ ހައްގުތަކަށް އަރާގަނެފައިވާ ކަމަށެވެ.
"ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރު ޣައިރު ގާނޫނީ ގޮތުން ކަނޑުވާލާއި މާފިޔާއެއްގެ ގޮތުގައި މީގެ ކުރިން ވެސް ވަނީ މަސައްކަތް ކޮށްފައި " އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ، އެ ފުރުސަތު 19 ވަނަ މަޖިލީހުން ދީގެން ނުވާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން މީގެ ކުރިން ޖޭއެސްސީ ނޫން އެހެން މުއައްސަސާތަކުގެ ބާރު ވެސް ކަނޑުވާލާފައިވާކަމަށް އިންތި ފާހަަގަކުރެއްވިއެވެ.
ސްޕްރީމް ކޯޓު އިސްލާޙް ކުރައްވައި، ބަދަލު ކުރައްވާނެ ކަމަށާއި، މިރާއްޖެއަށް އިންސާފު ކަށަވަރު ކޮށްދެވެންދެން އެވާހަކަ ދައްކަވާނެކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ވަކަރުގެ ގެ ނަމުން މުހާތަބުކޮށް ސްޕްރީމް ކޯޓު ބަދަލުކުރައްވާނެކަމަށް މީގެ ކުރިން ވިދާޅުވަމުން ގެންދެއްވި އިންތި ފާހަގަ ވެފައިވަނީ ފާޅުގައި ސްޕްރީމް ކޯޓަށް ފާޑު ވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމާއި އެކު ރައްޔިތުންގެ މަޖިލީހާއި، ސުޕްރީމް ކޯޓާއި ދެމެދު ވަނީ އަރައިރުމެއް އުފެދިފައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަންގެ އަޣުލަބިއްޔަތު މިހާރު އޮތީ ވެރިކަން ކުރާ އެމްޑީޕީ އަށެވެ. އެހެންކަމުން އެކޮމިޝަންގެ ނިންމުންތައް ދިފާޢު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން ވެސް ގެންދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ