އިންފޮމޭޝަން ކޮމިޝަނަރަކަށް ނުވަ ބޭފުޅަކު ކުރިމަތިލައްވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ނުވަ ބޭފުޅަކު ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ކޮމިޝަނަރުގެ މަގާމުގައި މިވަގުތު ހުންނެވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުގެ މަގާމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެ އެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ބޭފުޅުންނަށް މިިދިޔަ ހަފުތާގެ ބުދަ ދުވަހު ރައީސް އޮފީހުން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު މެންދުރު 2:00 އަށް ހަމަވިއިރު ފޯމު ހުށަހެޅުއްވީ ނުވަ ބޭފުޅަކު ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުން ކަމެއް އަދި ސާފެއް ނުވެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ