އަދުރޭ އެދޭހާގޮތަކަށް ދާއިރާގެ ޕީޕީއެމް މެންބަރުން ވޯޓެއް ނުދޭނެ: ތުޅާދޫ ޕީޕީއެމް ގޮފި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބ. ތުޅާދޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ މުހައްމަދު އަތީފަށް ކުރާ ތާއީދު ގެންގޮސްފައިވާ ކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އިއުލާންކުރިނަމަވެސް، އޭނާ އެދޭގޮތަކަށް ތުޅާދޫ ޕީޕީއެމް މެމްބަރުން ވޯޓެއް ނުދޭނެ ކަމަށް އެރަށު ޕީޕީއެމް ގޮފިން ބުނެފިއެވެ. ތުޅާދޫ ޕީޕީއެމް ބޮޑުގޮފިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ އެދިވަޑައިގަތުމަކަށް ޕާޓީގެ އޮފީހަށް އަތީފު ދިޔުމުން އޭނާއަށް ކުރާ ތާއީދު އަނބުރާ ގެންދަން ނިންމާފައިވާކަން އެންގި ކަމަށެވެ. އަތީފަށް ކުރަމުން އައި ތާއީދު އަނބުރާ ގެންދިޔުމަށްފަހު ތާއީދު ކުރަނީ އަމިއްލަގޮތުން އެ ދާއިރާއަށް ވާދަކުރައްވާ މިހާރުގެ މެމްބަރު ނާޒިމް ރަޝާދުގެ އާއިލީ ބޭފުޅެއް ކަމަށް މުހައްމަދު ޒަހީނަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބ. ތުޅާދޫ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓު ގައި ވާދަކުރާ މުހައްމަދު އަތީފް--- ފޮޓޯ: ޕީއެސްއެމް އަތީފަށް ކުރާ ތާއީދު އަނބުރާ ގެންދިޔަކަމަށް އަދުރޭ ވިދާޅުވިނަމަވެސް، ދާއިރާގެ ޕީޕީއެމް މެމްބަރުންނާއި އޭނާއަށް ތާއީދު ކުރާ އެހެނިހެން ރައްޔިތުންގެ އެދުމުގެމަތިން، ފަސްޖެހުމެއް ނެތި އިންތިޚާބުގައި ކުރިއަށްދިޔުމަށް އަތީފް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަތީފަށް ކުރާ ތާއީދު އަދުރޭ އަނބުރާ ގެންދެވިނަމަވެސް ތުޅާދޫ ދާއިރާގެ ޕީޕީއެމް މެމްބަރުން ތިބީ އެކަތިގަނޑެއްގެ ގޮތުގައި، އެއް އަޒުމެއްގައި އޭނާއަށް ތާއީދު އިތުރުކުރުމަށް އަތާއި އަތް ގުޅާލައިގެން ކަމަރު ބަނދެގެން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. "ހަމައެއާއެކު ތުޅާދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރުންގެ ކެންޑިޑޭޓަކީ ކެންޑިޑޭޓް ނަންބަރު 3 މުހައްމަދު އަތީފް ކަމަށާއި ތުޅާދޫ ދާއިރާގެ ޕީޕީއެމް މެމްބަރުންނަކީ ޕީއެންސީގެ ވަގުތީ ރައީސް އެދިލައްވާހާގޮތަކަށް ވޯޓު ދޭނެ ބައެއް ނޫން ކަމުގައިވެސް ދަންނަވަމެވެ،" އެ ބަޔާނުގައިވެއެވެ. ތަފްސީލް އަންނަނީ.....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ