ޖޭޕީގެ ޕީޖީ ލީޑަރަކަށް ގާސިމް

ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރުގެ މަގާމަށް، އެޕާޓީގެ ލީޑަރުގެ މަގާމުގައިވެސް ހުންނެވި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހަމަޖައްސައިފި އެވެ.
ޖުމްހޫރީ ޕާޓީން ބުނީ އެމަގާމަށް ގާސިމް ހަމަޖެއްސުމުގެ އިތުރުން ޕީޖީ ގުރޫޕްގެ ނާއިބް ލީޑަރަކަށް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހަމަޖައްސާފައިވާ ކަމުގައެވެ. މިި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ޖޭޕީގެ ޕީޖީ ބައްދަލުވުމެއްގައެވެ.
19 ވަނަ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރަނީ 5 މެންބަރުންނެވެ.
އެއީ ގާސިމް އާއި ނާޒިމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނާއި އަދި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ