ވަޢުދުތައް ނުފުއްދިގެން ސަރުކާރުން ދައްކާނެ ބަހަނާއެއް މިހާރު ނޯންނާނެ: ނިލަންދޫ ދާއިރާގެ މެމްބަރ

ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެދި ވަޑައިގެންނެވި ގޮތަށް އެމަނިކުފާނަށް ސަރުކާރުކާރާއި ރައްޔިތުންގެ މަޖިލިސް ދީފައި ކަމަށާއި އެހެން ކަމުން ވަޢުދު ނުފުއްދިގެން ސަރުކާރަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެ ކަމަށް ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މިވަނީ ސަރުކާރު ލިބިވަޑައިގެންފައި. އޭގެ އިތުރަށް އެމަނިކުފާނު އެދިވަޑައިގަތީ ވަޢުދުތައް ފުއްދޭނީ ރައްޔިތުންގެ މަޖިލީސް ދީގެންނޭ. ރައްޔިތުން އެއޮތީ ރައްޔިތުންގެ މަޖިލީސް ދީފައި. އެހެންވީމައި އޭގައި މަކަރުތަކެއް އޮތްކަމަށް ބެލެވުނަސް ވެސް އެއޮތީ މަޖީލީސް ލިބިވަޑައިގެންފައި. އެހެންވީމާ ވަޢުދުތައް ނުފުއްދިގެން އެކަމަކަށް ދެއްކޭނޭ އިތުރު ބަހަނާތަކެއް މީހާރު ނޯންނާނެ،" ޑރ. ޚަލީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށް ވިއްކި އެޖެންޑާ 19 ގައި ބުނެފައިވާ ހުރިހާ ކަމެއް ފަސޭހަކަމާއެކު ކޮށްދެވޭނެ ހުރިހާ މަގެއް މިހާރު ވަނީ ހުޅުވިފައި ކަމަށެވެ. ރައްޔިތުން މިހާރުތިބީ ސަރުކާރުގެ ވަޢުދުތައް ފުއްދަވާނެ ދުވަހެއްހެއްގެ އިންތިޒާރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ޙަސަން ލަތީފް ވިދާޅުވެފައިވަނީ ރައްޔިތުން މިހާރު ބޭނުންވާނީ ސަރުކާރުގެ ވަޢުދުތައް ފުއްދެވުމަށެވެ. އެ ހެންކަމުން ވީހާވެސް އަވަހަކަށް އެކަން ކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ