ދިއްދޫ ދާއިރާގެ މެމްބަރު ހއ. ހޮސްޕިޓަލަށް ލެބޯޓްރީ މެޝިނެއް ހަދިޔާކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ލަތީފު މުހައްމަދު ލެބޯޓްރީ މެޝިނެއް ހަދިޔާކޮށްފި އެވެ. އެ މެޝިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ފަރާތުން މެޝިނާ ހަވާލުވެވަޑައިގަތީ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ހަސަން އެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެމްބަރު ލަތީފު ވިދާޅުވީ، ކުރިއަތް އޮތްތަނުގައި ވެސް ހޮސްޕިޓަލަށް އެހީތެރިވެދެއްވާނެ ކަމަށެވެ. ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ހަސަން ވިދާޅުވީ، އެ މެޝިނުގެ ސަބަބުން ކުރިން ނެހެދޭ ޓެސްޓްތައް މިހާރު ހެދޭނެ ކަަމަށެވެ. އަދި ހޮސްޕިޓަލުގެ ކަންތައްތައް ކުރިއެރުވުމަށް މެމްބަރު ލަތީފު ވެދެއްވާ އެހީތެރިކަމަށް ޝުކުރުއަދާ ކުރެއްވިއެވެ. އެ މެޝިން ހަދިޔާކޮށްފައި ވަނީ މެޑް ޓެކްގެ އެހީތެރި ކަމާއި އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ