ބަށިބޯޅަ މެޗެއް ހުއްޓުވަން ކޯޓުން ފުލުހުންނަށް އަމުރުކޮށްފި

ގއ. ދާންދޫގައި ކުރިޔަށްދާ ބަށިބޯޅަ މުބާރާތެއްގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗެއް ހުއްޓުވުމަށް ދާންދޫ މެޖިސްޓްރޭޓް ކޯޓުން ފުލުހުންނަށް އަމުރުކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އޮންލައިން ނޫސް، "ވޮއިސްއެމްވީ"ގައި މިކަން ހާމަކޮށް ބުނެފައިވަނީ، ދާންދޫ ކޯޓުން މި އަމުރު ފުލުހުންގެ މައްޗަށް ކޮށްފައިވަނީ މިހާރު އެރަށުގައި ކުރިޔަށްދާ ގއ އަތޮޅު ޒަމާނީ ބަށިބޯޅަ މުބާރާތުގައި މިއަދު ހުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗު ހުއްޓުވުމަށެވެ.
މިކަމާއި ގުޅިގެން އެ ނޫހުގައި ބަށިބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސްގެ ރައީސާ ޝިޔާމާ ވިދާޅުވީ، ކޯޓުން އެފަދަ އަމުރެއް ނެރެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އެ މެޗު ނުކުޅޭގޮތަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
އެނޫހުގައި ޝިޔާމާ ވިދާޅުވި ގޮތުގައި ކޯޓުން މިފަދަ އަމުރެއް ނެރެފައި ވަނީ، މުބާރާތުން ކަޓާފައިވާ ޓީމަކުން ކޯޓަށް ހުށަހެޅި މައްސަލަ އަކާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ