ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިރެކްޓަރ އާތިކާ އިބްރާހީމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ސަސްޕެންޑްކޮށްފިއެވެ.
އާތިކާ ސަސްޕެންޑު ކޮށްފައިވަނީ އޭނާގެ މައްސަލަތަކެއް ޑީޖޭއޭއިން ބަލަމުން ގެންދާތީއެވެ.
ޑީޖޭއޭއިން އާތިކާ ސަސްޕެންޑު ކޮށްފައިވަނީ މިއަދުން ފެށިގެން ޑީޖޭއޭއިން ބަލަމުން އަންނަ މައްސަލަ ބަލާ ނިމެންދެންނެވެ.
އާތިކާ ސަސްޕެންޑުކޮށްފައިވާއިރު މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު އާދާކުރަމުން އަންނަނީ އާތިކާއެވެ. އަދި އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީގެ ޕަސަނަލް ސެކްރެޓަރީގެ ގޮތުގައިވެސް ހުންނެވީ އާތިކާއެވެ.
ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އާތިކާއާއި ހަވަލުކުރީ އެމަގާމުގައި ހުންނެވި ޑރ ހުސައިން ފާއިޒުގެ މައްސަލަތަކެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިގެން ބަލަން ނިންމުންނެވެ.
ޑރ ހުސައިން ފާއިޒު އެމަގަމުން ދުރުކޮށްފައިވާއިރު، އޭނާ އެމަގާމުން ވަކިކުރަން އިންޒާރު ދިން ކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތަށް ހުރަސްއަޅުއްވައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާ އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ސެކްރެޓަރީ ޖެނެރަލް ޑރ.ހުސެއިން ފާއިޒްއަށް އުއްތަމަ ފަނޑިޔާރު ޑރ.އަބްދުﷲ ދީދީ ދެއްވާކަމަށް ބަޔާންކޮށް ޖޭއެސްސީއަށް ހުށަހަޅުއްވާފައިވާ ސިޓީއާ ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ.އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބެލުމަށް ކޮމިޝަނުން ނިންމާފައި ވާކަމަށެވެ.
މީގެއިތުރުން ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ބޭރުން ކޮށްފައިވާ ކަންކަމުގައި ބައިވެރިވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.
ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިރެކްޓަރ އާތިކާ ސަސްޕެންޑް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ