ރައީސަކަށް ލިބިވަޑައިގެންފައިވާ ބާރުގެ ބޭނުން ކުރެވޭނީ ހަމައެކަނި ގާނޫނީ އިމުގެ ތެރެއިން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫނާއި ކޮއްކޯފުޅު ރައީސް ޔާމީނާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 106 ވަނަ މާއްދާގައި ވެސް އޮންނަ ފަދައިން ރާއީސަކަށް ލިބިފައިވަޑައިގެންފައިވާ ބާރުގެ ބޭނުން ކުރެވޭނީ ހަމައެކަނި ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
ގާނޫނު އަސާސީގައި އޮންނަ މިި މާއްދާގައި ބުނާގޮތުން ދައުލަތް ހިންގުމުގެ އެންމެހާ އުސޫލުތައް ގާނޫނު އަސާސީން ކަނޑައަޅާއިރު، މި ގާނޫނު އަސާސީ ދަމަހައްޓައި، ދިފާއު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި ދައުލަތުގެ އެއްބައިވަންތަކަން ދަމަަހައްޓަން މަަސައްކަތް ކުރާއިރު، ވެރިކަން ކުރަން ވާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ބުނެފައި ވެ އެވެ.
ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ޝީ ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި މައުމޫން ވަނީ ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެންދެވި ކަން އިއުލާން ކުރައްވާ ދެން ރައީސް ޔާމީންގެ ސަރުކާރަށް ތާއިދު ނުކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ.
ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، އެ ޕާޓީގެ ފަރާތުން އެ ޕާޓީގެ އޮފީސް ރޭ ސާފުކޮށްފައި ވާއިރު، ރައީސް މައުމޫން ގެންދަވަނީ އެކަމަކީ ވައްކަން ކުރުން ކަމުގައި ސިފަކުރައްވަމުންނެވެ.
ރައީސަކަށް ބާރުގެ ބޭނުން ކުރެވޭނީ ހަމައެކަނި ގާނޫނީ އިމުގެ ތެރެއިން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ