އެންޓި ކަރަޕްޝަން ކޮމިޝަނުން ސަރުކާރަށް ސިޔާސީ ބޭނުންތައް ފުއްދައި ދިނުމަށް މަސައްކަތްކުރާ ކަމުގައި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ތުހުމަތު ކުރައްވައިފި އެވެ.
ފާރިސް މައުމޫން އޭސީސީއަށް ހާސިރުވުމަށް އެންގުމާއި ގުޅިގެން އުމަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ތެދުވެރިކަމާއި އަމާނަތްތެރިކަންމަތީ ދެމިތިބެ އޭސީސީގެ ވާޖިބުތައް އަދާކުރުމަށް މާތް ﷲ ގަންދީ ހުވާކޮށްގެން ތިބެ، ސަރުކާރަށް ސިޔާސީ ބޭނުންތައް ފުއްދައި ދިނުމަށް މަސައްކަތް ކުރުމަކީ، ބޭއިންސާފު އަމަލެއް ކަމަށާއި އެކަމާއި މެދު ހިތާމަ ކުރައްވާ ކަމަށެވެ.
ބަލަމުންދާ މައްސަލައަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވުމަށް އަންގާފައިވާ ކަމުގައި ވިދާޅުވެ ފާރިސް މައުމޫން ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ.
ފާރިސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު އެޖެންޑާކޮށްފައި ވަނިކޮށް، އޭސީސީއަށް ހާޒިރުވާން އެނގުމުން އެއީ ސިޔާސީ ގޮތުން އޭނާއަށް ކުރާ ދުއްތުރާލެއް ކަމަށެވެ.
ސަރުކާރުން މިނިވަން މުއައްސަސާތައް މެދުވެރިކޮށް ހިންގަމުން ދަނީ ބިރު ދެއްކުމުގެ އަމަލުތައް ކަމުގައި އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އޭސީސީއަށް އުމަރު ނަސީރު ފާޑު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ