ޒައިދުލް އަމީން ހައްޔަރުގައި ބަހައްޓައިގެން، ސިޔާސީ ބޭނުމަކަށް، އޭނާގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަން ނިގުޅައިގެންފައި ވާތީ މިކަން ކުށްވެރިކުރާ ކަމަށް މައުމޫން ފެކްޝަނުން ބުނެފިއެވެ.
ޕީޕީއެމް ރައީސްގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޒައިދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅުމެއް ނެތް މައްސަލައަކާ ބެހޭ ގޮތުން ސުވާލުކޮށް، ދޮގު ބަޔާނެއް ހޯދުމަށް މަސައްކަތް ކުރުމަކީ ސިޔާސީ ބޭނުމަކަށް ކުރާ ކަމެއްކަމުގައެވެ. އަދި މި ގޮތަށް އޭނާއަށް ނުހައްޤުން އަނިޔާތަކެއް ލިބެމުން ދާތީ ޕާޓީގެ މެންބަރުން އިންތިހާއަށް ކަންބޮޑުވާ ކަމުގައިވެސް މި ބަޔާނުގައި ވެއެވެ.
މީގެ އިތުރުން, ޒައިދުލް އަމީން ގެ މައްޗަށް ކުރެވިފައިވާ ތުހުމަތާއި ގުޅޭ ބަޔާން ނަގައި ނިމިފައިވާ ނަމަ ޒައިދުލް އަމީން މިހާރުން މިހާރަށް ދޫކޮށްލުމަށް ވެސް އެބަޔާނުގައި ފުލުހުންނަށް ވަނީ ގޮވާލާފައެވެ.
ޒައިދުލް އަމީން ނެރުއްވާފައިވާ ބަޔާނުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި ވާއިރު، ޒައިދުލް އަމީން އާއި ސުވާލުކުރުމުގައި މިހާރުން ފެށިގެން އޭސީޕީ ބައިވެރި ކޮށްގެން ނުވާނެކަމަށް ދެކޭ ކަމަށްވެސް ބަޔާނުގައި ބުނެއެވެ. އަދި ޒައިދުލް އަމީން ގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ވަގުތުން އޭނާ ގޭ ބަންދަށް ބަދަލުކުރުމަށް މޯލްޑިވްސް ޕޮލީސް ސާރވިސް އަށް ވަނީ ގޮވާލާފައެވެ.
ޒައިދުގެ ދިފާޢީ ވަކީލުގެ ޙާޒިރުގައި ނޫނީ ޒައިދް އާއި ސުވާލު ނުކުރުމަށާއި, ޒައިދުލް އަމީން އޭނާގެ ބަޔާނުގައި ކުރައްވާފައިވާ ތުހުމަތުތައް އިންސާފުވެރިކަމާއި އެކު ތަޙުޤީޤްކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި، ނޭޝަނަލް އިންޓަގިރިޓީ ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ވަނީ ޕީޕީއެމް ރައީސްގެ އޮފީހުން ގޮވާލާފައެވެ.
ޒައިދުލް އަމީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ޕީޕީއެމް ގެ ރައީސް ގެ އިސްތަށިފުޅުގައި ހަޤީޤަތާއި ޚިލާފު ބޮޑެތި ތުހުމަތުތަކެއް އެޅުވުމަށް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. މައުމޫން ފެކްޝަނުން މިކަން ވަނީ ކުއްވެރިކޮށްފައެވެ.
ސިޔާސީ ބޭނުމަކަށް ޒައިދުލް އަމީން ހައްޔަރުކޮށް, އޭނާގެ މިނިވަންކަމާއި ރައްކާތެރިކަން ވަނީ ނިގުޅައިގެންފަ - މައުމޫން ފެކްޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ