ކުރީގެ މެމްބަރު ގައްދޫ ޒާހިރުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމްގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި، ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވަނީ ޒާހިރު އާދަމް އާއިލާއަށް، އީވާގެ އަމިއްލަ ނަމުގައްޔާއި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި ތައުޒިޔާ ފޮނުއްވައިފަ އެވެ. އުމުރުން 74 އަހަރުގައި ޒާހިރު އާދަމް އަވަހާރަވީ ރޭގެ ވަގުތެއްގައި އެވެ. އެނގިފައިވާ ގޮތުގައި އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ޒާހިރު އާދަމް ވަނީ 27 ފެބްރުއަރީ 2005 އިން 27 މެއި 2009 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ ގދ. އަތޮޅުގެ މެމްބަރުކަން ކުރައްވާފަ އެވެ. އަދި 28 މެއި 2009 އިން 27 މެއި 2014 ގެ ނިޔަލަށް ގައްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އެވެ. ހަމައެހެންމެ އޭނާ ވަނީ 28 ފެބްރުއަރީ 2005 އިން 26 ޖޫން 2008 ގެ ނިޔަލަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ