މިހާރު ރާއްޖޭގެ ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އަންނަތަން ފެންނަމުންދާކަމަށް ޓެގް ޓީމްގެ މެމްބަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.
ޑރ. ޝަހީދު ވިދާޅުވީ މިދިޔަ މެއިމަހުގެ މެދު ތެރޭގައި ވަރަށް ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވަމުންދިޔަކަން ފާހަގަކުރެވުނު ކަމަށެވެ.
އެހެންނަމަވެސް މި ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަދަދުތައް މަޑުމަޑުން ދަށަށް އަންނަމުންދާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.
މިހާރުގެ އަދަދުތަކަށް ބަލައިރު މިހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށްވެސް ޑރ. ޝަހީދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޑރ. ޝަހީދު ވިދާޅުވީ މިހާރު މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވަނީ 200 ވަރަކަށް މީހުން ކަމަށެވެ.
މި އަދަދަކީ ކޮންޓެކްޓް ޓްރޭސިން ހެދޭ މިންވަރަށާއި، އެކްޓިވް ސަރވައިލަންސް ހެދޭ މިންވަރަށް ޑިޕެންޑުވާ އަދަދުތަކެއް ކަމަށާއި، މި ދޭތެރެއިން މިމަސައްކަތް ވަނީ މެދުކަނޑާލާފައި ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.
ޑރ، ޝަހީދު ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންނާއި އެކްޓިވް ސަރވައިލެންސުގެ މަސައްކަތްތައް މި މުއްދަތުގައި ވެސް ކުރިއަށްގެންދިޔަނަމަ މި އަދަދުތައް ދެގުނައަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިހާރު ރާއްޖޭގެ ކޮވިޑްގެ ހާލަތު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާތީ އަނެއްކާވެސް ކޮންޓެކްޓް ޓްރޭސިންއާއި، އެކްޓިވް ސަރވައިލެންސްގެ މަސައްކަތް ހަރުދަނާ ގޮތެއްގައި ކުރަން ފަށާފައިވާކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އަންނަތަން އެބަ ފެނޭ: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ